"ހުރިހާ"އިން މި ރޯދަ މަހު ގެނެސްދޭ ރޯދައިގެ ސުވާލާއި ޖަވާބު ސެގްމެންޓަކީ ރަމަޟާން މަހުގެ އަޅުކަމާ ގުޅުވައިގެން އުފެދޭ ބައެއް އާއްމު ސުވާލުތަކަށް ޖަވާބު ހޯދައިދިނުމެވެ. މި ސެގްމެންޓްގައި ގެނެސްދޭ ސުވާލުތަކާއި އޭގެ ޖަވާބުތަކަކީ ދީނީ އިލްމުވެރިއެއް ކަމަށްވާ އާސިމް އަލް ހަކީމް ގެ ދީނީ ދަރުސްތަކުންނާއި ވީޑިއޯތަކުން ނަގާފައިވާ މައުލޫމާތެވެ.
ރޯދަ މަސް ފެށިގެން އައިއިރު އެންމެ ގިނަ ބައެއްގެ ހިތުގައި އުފެދޭ އެއް ސުވާލަކީ ގޭގައި އެކަނި ތަރާވީހް ނަމާދު ކުރެވިދާނެތޯ ކުރެވޭ ސުވާލެވެ. ހާއްސަކޮށް އަންހެން ބޭފުޅުންގެ މެދުގަ އެވެ.
ސުވާލު: ގޭގައި އެކަނި ތަރާވީހް ނަމާދު ކުރެވިދާނެތަ؟
ޖަވާބު: އަމިއްލަ ގޭގައި އެކަނި ތަރާވީހް ނަމާދު ކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެހެނެއް ކަމަކު އަންހެނުންނަށް އެންމެ ހެޔޮކަން ބޮޑީ މިސްކިތަށް ދިއުމަށްވުރެ އެ ކަނބަލުންގެ ގޭގައި ނަމާދު ކުރުމެވެ.
މިކަމުގެ ސަބަބުން ތަރާވީހް ނަމާދުން ލިބޭ ތަވާބަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. މި ގޮތަށް ނަމާދު ކުރުމުގައި ފޯނު ނުވަތަ ޓެބްލެޓުން ބަލައިގެން ގުރުއާން ކިޔެވިދާނެ އެވެ.
ޖަވާބު ދެއްވީ: ޝެއިޚް އައްސީމް އަލް ޙަކީމް
އެފްޑީސީ ފްލެޓްތަކުން 6،000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި
އޮޑިޓް: އައްޑޫ އެއާޕޯޓުގެ ގެއްލުން 12 ޕަސެންޓް ދަށްވެއްޖެ
ޖެނިފާއަށް އަލުން މަގާމު ދޭން އެންގި މައްސަލަ ހުކުމާ ހަމައަށް