އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ދާދި ފަހުން އާންމުކުރި ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅޭ ސިއްރު ލިޔެކިޔުންތަކުގެ ތެރެއިން، 1997 ވަނަ އަހަރު ހިނގި ޕްރިންސަސް ޑަޔާނާގެ މަރުގެ ހާދިސާއާ ގުޅުންހުރި މައުލޫމާތުތަކެއް ފެނިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.
މި ލިޔެކިޔުންތަކުގައިވާ ގޮތުން، ޕްރިންސަސް ޑަޔާނާ އަވަހާރަކޮށްލުމުގެ ފަހަތުގައި އިޒްރޭލުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވެ އެވެ. މިކަމަކީ ދުނިޔޭގެ ނުފޫޒުގަދަ ފަރާތްތަކެއް ހިމެނޭ ބްލެކްމެއިލް ނެޓްވޯކެއް ރައްކާތެރިކުރުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށް އެ ލިޔުންތަކުން ދޭހަވާ ކަމަށް ބުނެފައިވެ އެވެ.
މި ހާމަވި މައުލޫމާތުތަކާ ގުޅިގެން، އެޕްސްޓީން ހިންގަމުންދިޔަ ކަމަށް ބުނާ ޖިންސީ ގޯނާގެ ނެޓްވޯކާއި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާ އޮތް ގުޅުންތަކުގެ މައްޗަށް ވަނީ އިތުރު ސުވާލުތަކެއް އުފެދިފަ އެވެ. ހާއްސަކޮށް، މި ނެޓްވޯކްގެ ސިއްރުތައް ހިފެހެއްޓުމަށްޓަކައި ބޮޑެތި ރޭވުންތަކެއް ރޭވިފައިވާ ކަމުގެ ހެކިތައް މި ފައިލްތަކުގައި ހުރި ކަމަށް ބެލެވެ އެވެ.
ޕްރިންސަސް ޑަޔާނާގެ މަރުގެ ހާދިސާއަކީ މީގެ ކުރިންވެސް ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ މައްސަލައަކަށްވާއިރު، އެޕްސްޓީންގެ ފައިލްތަކުން މި ފެނުނު އާ މައުލޫމާތުތަކުގެ ސަބަބުން މި މައްސަލަ އަލުން މުޅި ދުނިޔޭގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

އެޕްސްޓީނަށް ތުރުކީން ކުޑަ ކުދިން ވިއްކި ކަމަށް ބުނާ މައްސަލައެއް
ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި
ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅިއަށް ކާބޯތަކެތި ނާޅާ!