ދިރާގުން ރަމަޟާން މަހުގެ ކޮންމެ ރެއެއްގެ ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ރެއަކު 9:00 އިން ފެށިގެން މެންދަމު 1:00 އާ ހަމައަށް ވަކި އެޑް- އޮންތަކާއެކު އަންލިމިޓެޑް ޑޭޓާ ލިބޭނެ އެވެ.
ދިރާގުން ބުނިގޮތުގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ބައެއް އެޑް-އޮންތަކާއެކު މި ވަގުތުތަކުގައި އަންލިމިޓެޑް ޑޭޓާ މުޅިން ހިލޭ ލިބޭނެ އެވެ. މީގެ އިތުރުން، މި އޮފާ ވަކިން ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެންމެ 35 ރުފިޔާއަށް 1 ދުވަހުގެ މުއްދަތަށް، އަދި އެންމެ 199 ރުފިޔާއަށް 28 ދުވަހުގެ މުއްދަތަށް ލިބިގެންދާނެ އެވެ.
ދިރާގުން ބުނީ މި އޮފާ އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕްގައިވާ ރަމަޟާން ބެނާއަށް ފިއްތާލައިގެން މި ރަމަޟާން މަހަށް ހާއްސަ އޮފާތައް ބެލުމަށްފަހު ބޭނުންވާ އޮފާއެއް އިހުތިޔާރުކުރެވޭނެ ކަމަށެވެ.
މި ޕްރޮމޯޝަންގެ އެހީގައި މި ރަމަޟާން މަހު ހެޔޮއަގުގައި ޑޭޓާ ލިބި، ކަސްޓަމަރުންގެ އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުމަށް މަގު ފަހިވެގެންދާނެ އެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.
ސްޓެމް ސެލް ތެރަޕީއާއެކު ބޭސްފަރުވާގެ މުސްތަގުބަލް އޮތީ ކިހިނެއް؟
"އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީން އެބަ މަޝްވަރާ ކުރޭ"
ޑްރަގްގެ ބޮޑެއް ކަމަށް ފުލުހުން ބުނާ ނަދަމާ ޕީއެންސީ ކެމްޕޭންގަ!
