ހުޅުމާލޭ މަސްޖިދު ރަޝީދުގައި މިރޭ މީހުން ނަމާދުކުރަން ތިއްބާ މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ އެވެ.
ވަށައިގެން ބިއްލޫރި ދޮރުތަކެއް ހުންނަ އެ މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅައިގެންދިޔައީ އިޝާ ނަމާދު ނިމުނު ވަގުތު ކަމަށް ނަމާދަށް ދިޔަ ބައެއް މީހުން ކިޔައިދިނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ މިސްކިތުގެ ތިން ވަނަ ފަންގިފިލާގެ ބިއްލޫރިގަނޑު ތަޅައިގެންދިޔަ ސަބަބެއް ނޭނގެ އެވެ.
އެ މިސްކިތަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ ދީލަތި އެހީގައި 2022 ވަނަ އަހަރު ބިނާކުރި މިސްކިތެކެވެ.
ޖަސްޓިންއާއި ބްލޭކްގެ ކޯޅުމަށް ނިމުމެއް ނެތް، އަލުން ކޯޓަށް!
ނިއުކްލިއާ ޕްރޮގްރާމް ހުއްޓާނުލާނަމަ އީރާނަށް ލުޔެއް ނެތް: ރޫބިއޯ
ބޭސް ކެޔަސް ވައިގެ މައްސަލަތައް ހައްލު ނުވަނީ ކީއްވެ؟
