ލަންޑަން (އޭޕްރީލް 30) - އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އަމިއްލަ ފޯން ނަމްބަރު އިންޓަނެޓްގައި ދައުރުވާތާ 15 އަހަރު ވެއްޖެކަމަށް ބުނެފި އެވެ.

ބޮޑުވަޒީރުގެ ނަމްބަރު ފުރަތަމަ އިންޓަނެޓްގައި ދައުރުވާން ފަށާފައި ވަނީ 2006 ވަނަ އަހަރު ނެރުން ނޫސް ބަޔާނެއްގަ އެވެ. އެއަށް ފަހު އެ ނަމްބަރު އިންޓަނެޓުން ނެގިފައިވާ ނުވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

މި ނަމްބަރަކީ ބޮޑު ވަޒީރު އަދިވެސް ބޭނުން ކުރަމުންދީ ނަމްބަރު ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވާއިރު، 2008 ވަނަ އަހަރު ބޮރިސްގެ މަގާމު ބަދަލުވުމާއެކު އޭނާގެ ނަމްބަރު ބަދަލުކޮށްފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

ސަރުކާރުގެ އިސް އޮފިޝަލެއްގެ ނަމްބަރު އިންޓަނެޓުގައި އެގޮތަށް ދައުރުވުމަކީ ޚުދު ބޮޑުވަޒީރުގެ އިތުރުން ގައުމީ ސަލާމަތަށް ވެސް ނުރައްކާވެދާނެ ކަމެއް ކަމަށް ބުނެ މާހިރުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސް ފަރާތްތައް މަގާމަށް އިސްކުރެވުމާއެކު ރަސްމީ ފޯނު ނަންބަރެއް ދޭއިރު ސަރުކާރުގެ ކަންކަމުގައި ބޭނުން ކުރަނީ އެ ނަމްބަރެވެ.-- ބީބީސީ