"ހުރިހާ"އިން މި ރޯދަ މަހު ގެނެސްދޭ ރޯދައިގެ ސުވާލާއި ޖަވާބު ސެގްމެންޓަކީ ރަމަޟާން މަހުގެ އަޅުކަމާ ގުޅުވައިގެން އުފެދޭ ބައެއް އާއްމު ސުވާލުތަކަށް ޖަވާބު ހޯދައިދިނުމެވެ. މި ސެގްމެންޓްގައި ގެނެސްދޭ ސުވާލުތަކާއި އޭގެ ޖަވާބުތަކަކީ ދީނީ އިލްމުވެރިއެއް ކަމަށްވާ އާސިމް އަލް ހަކީމް ގެ ދީނީ ދަރުސްތަކުންނާއި ވީޑިއޯތަކުން ނަގާފައިވާ މައުލޫމާތެވެ.
ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތައް ގުނަމުން ދާއިރު މި ދުވަސްތަކުގައި ހައިޟުވެރިވެފައިވާ އަންހެން ކަނބަލުންގެ ހިތްތަކުގައި ގިނަ ސުވާލުތަކެއް އުފެދެ އެވެ. އޭގެ ތެރެއިން އެންމެ އާއްމު އެއް ސުވާލަކީ އެ ހާލަތުގައި ގުރުއާން ކިޔެވިދާނެތޯ ކުރެވޭ ސުވާލެވެ.
ސުވާލު: ހައިޟުވެރިޔާއަށް ގުރުއާން ކިޔެވިދާނެތަ؟
ޖަވާބު: ރޯދަ މަހާއި އެ ނޫން ވެސް މަސްތަކުގައި ހައިޟުގެ ދުވަސްތައް ގުނަމުންދާ އަންހެނުންނަށް ކީރިތި ގުރުއާން ކިޔެވުމުގައި އެއްވެސް ހިފެހެއްޓުމެއް ނުވަތަ ހުރަހެއް ނެތެެވެ.
އެކަމުގައި ހިފެހެއްޓުމެއް އޮތް ހަމައެކަނި ކަމަކީ ހައިޟު ނިފާސްކަމުގެ ދުވަސްވަރު ކީރިތި ގުރުއާނުގެ މުސްޙަފުގައި އަތްލުމަށް އޮންނަ ހިފެހެއްޓުމެވެ. އެ ދުވަސްވަރު މުސްޙަފުގައި އަތްލައިގެން ނުވާނެ އެވެ.
އެހެން ނަމަވެސް ހަނދާނުގައި ހުރި މިންވަރަކުން ނުވަތަ ފޯނު، ކޮމްޕިއުޓަރު އަދި އައިޕެޑް ފަދަ ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ގުރުއާން ކިޔެވުމުގައި މައްސަލައެއް ނެތެވެ.

ރޯދަ މަހު ފޮނި ކެއުންތަކުން ދުރުވާނެ ދެތިން ގޮތެއް!
އެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި
ރޯދަ މަލާފަތް: ރިހައާއެކު ކާން ކިރުފޮޅި ހަމަ އެއްވަނަ!