މަހާރަސްތުރާ (އޭޕްރިލް 30) ކޮވިޑް-19ގެ ދެވަނަ ރާޅުން އަރައިނުގަނެވިފައިވާ އިންޑިއާގެ މަހާރަސްތުރާއަށް އަންނަ އޮގަސްޓް އަދި ޖުލައި މަހު ކޮވިޑްގެ ތިންވަނަ ރާޅެއް އަރާފާނެ ކަމަށް އެ ސްޓޭޓްގެ ސިއްހަތާ ބެހޭ ވަޒީރު ރާޖޭޝް ޓޯޕް ވިދާޅުވެއްޖެ އެވެ.
މިހާރު ވެސް ދުވާލެއްގެ މައްޗަށް 66،000 އަށްވުރެ ގިނަ ކޭސްތައް ފެންނަމުންދާ މަހާރަސްތްރާ އަށް ކޮވިޑްގެ ތިންވަނަ ރާޅެއް އަރާފާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އެސްޓޭޓުން ވަނީ އެ މުއްދަތަށް އޮކްސިޖަން ރައްކާކުރުމުގެ މަސައްކަތް ކުރަން ފަށައިފަ އެވެ.
މިހާރު ދިމާވެފައިވާ ކޮވިޑްގެ ދެވަނަ ރާޅު މެއި މަހު އެންމެ ގިނަ ވާނެ ކަމަށް ލަފާ ކުރެވޭއިރު އޭގެ އެއްމަސް ދުވަސް ފަހުން އިތުރު ރާޅެއް ކުރިމަތިވުމަކީ ސިއްހީ ދާއިރާއަށް ކަތާނެ ވަރުގެ ކަމެއް ނޫން ކަމަށް ބުނެ މާހިރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ޓޯޕް މިހެން ވިދާޅުވެފައިވަނީ އެޕިޑެމިއޮލޮޖިސްޓުން ހަދާފައިވާ ތަފާސް ހިސާބުތަކާ ހަވާލާދީ ޗީފް މިނިސްޓަރު އުއްދަވް ތަކެރޭ އާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި މަހާރަސްތުރާ ސްޓޭޓްގައި އޮކްސިޖަން އުފެއްދުމަށް ބޭނުންކުރާ ޕްރެޝަރު ސްވިންގް އެޑްސޯޕްޝަން ޕްލާންޓްތައް ގާއިމްކުރުމުގެ މަޝްވަރާތައް ކޮށްފައިވެ އެވެ. ---ހިންދުސްތާން ޓައިމްސް