ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުން މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާ ގުޅިގެން ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިޔުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީގެ ކުރިން މަޖިލީހުގެ ރައީސްކަމާއި ވެރިކަން ވެސް ކުރައްވާފައިވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭން ތެޔޮ ހޯދަން އިންޑިއާގެ އެހީއަށް އެދުނު ވާހަކައަށް އަލިއަޅުވާލައި، ޚަރަދު ކުޑަކުރުމުގެ ވާހަކަ ވެސް ދައްކަވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭން ބޭނުންޖެހުނު ކޮންމެ ވަގުތެއްގައި އިންޑިއާއިން އެހީގެ އަތް ދިއްކޮށްލާފައިވާ ކަމަށެވެ.
ރާއްޖެއިން ތެލުގެ އެހީތެރިކަމަށް އިންޑިއާގައި އެދިފައިވާކަން އެނގޭކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެކަމަށް އެދޭއިރު ރާއްޖެއަކީ ޒިންމާދާރު ބައެއްކަން ވެސް ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން ސަރަހައްދީ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ 1988 ގެ ބަގާވާތާއި، ސުނާމީ ކާރިސާ، ފެނުގެ ދަތިކަން އަދި ކޯވިޑް-19 ގެ ބަލިމަޑުކަން ފަދަ ނުރައްކާތެރި ދަނޑިވަޅުތަކުގައި އިންޑިއާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.
އެޕްރީލް 4، ގައި ރެފެރެންޑަމް ވޯޓު ނަގާއިރު އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ވެސް ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. ކައުންސިލް އިންތިހާބާއި ރެފެރެންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.

ޕީއެންސީއާ ދެކޮޅުވުމުން ޕީއެންސީ ފެނަކަ މުވައްޒަފަކު ސަސްޕެންޑު
ރާއްޖެއަށް ތެޔޮ ހޯދަން އިންޑިއާގެ އެހީއަށް އެދެފި
މާލްތީ ފޮރުވައިގެން ގެންގުޅޭ ސަބަބު ޕްރިޔަންކާ ބުނެދީފި