އަތޮޅު އޮފީސްތައް އުވާލައި އެލްޖީއޭގެ ގޮފިތައް ހިންގަން އެ ތަންތަން ބޭނުންކުރަން ފަށަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން، އެ އިދާރާތަކުގައި ދެން ގާއިމުކުރާނީ އެލްޖީއޭގެ އޮފީސްތަކެއް ކަމަށެވެ.
އަތޮޅު ކައުންސިލްތަކާއި އޮފީސްތައް އުވާލައި، އެލްޖީއޭގެ ގޮފިތަކެއްގެ ގޮތުގައި އެ ތަންތަން ބަދަލުކޮށް ރައްޔިތުންނަށް ދެމުން އަންނަ ހިދުަތްތައް މެދުނުކެނޑި ލިބެމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އަތޮޅު އޮފީސް އުވާލި ނަމަވެސް، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"އާއްމުކޮށް ދޭ ހުރިހާ ހިދުމަތްތައް ހަމަ ދެމުންދާނީ. އައިޑީ ކާޑު ހެއްދުމާއި އާއްމު އެހެނިހެން ޚިދުމަތްތައް. މުވައްޒަފުންނަށްވެސް ގޮންޖެހުމެއް ނުހުންނާނެ. އެ އޮފީހަށް އަތޮޅު އޮފީހުގެ އެންމެހާ ތަކެއްޗާއި ވަސީލަތްތައްވެސް ހަމަޖައްސާނީ." އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން އަތޮޅު އޮފީސްތަކަށް ލިބެމުން ދިޔަ ފައިސާވެސް، އެ އުސޫލުގެ ދަށުން ލިބެމުންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސުންނީ ނުވަތަ ޝީއާ މުސްލިމުންނޭ ކިޔަނީ ބައިބައި ކުރަން: މައުމޫން
ޖޭލޯ ބެންއަށް އަދިވެސް ޝުކުރުވެރިވަނީ މިހެންވެ!
ޕޮލިސް ކޮމިޝަނަރު ކަމަށް މީހަކު ކުރިމަތި ނުލި
