މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "މާލެ ޓެކްސީ އެޕް" ތައްޔާރުކުރުމުގެ މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.
ގެއްލުމުގައި ހިންގާ އެމްޓީސީސީން ވަނީ ސަރުކާރުގެ ޓެކްސީ ލައިނަށް ބޭނުންވާ 150 ކާރުގެ ތެރެއިން 60 ކާރު މިދިޔަ މަހުގެ 24 ވަނަ ވަނަ ދުވަހު ރާއްޖެ ގެނެސް ދެވަނަ ޝިޕްމަންޓުގައި ހިމެނޭ 90 ކާރު ވެސް ވަނީ މިހާރު ގެނެސްފަ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި، ގާތްގަނޑަކަށް 13 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ "ފިކްސްޑް މޯލްޑިވްސް" ކިޔާ ކުންފުންޏަކާ އެވެ. މި މަޝްރޫއާ ގުޅިގެން ކަންބޮޑުވުން އުފެދިފައިވާ އެންމެ ބޮޑު އެއް ސަބަބަކީ، މިއީ އާންމުކޮށް ބިޑަށް ހުޅުވާލުމެއް ނެތި، ވަކި ބަޔަކަށް ދައުވަތު ދީގެން ކުރިއަށް ގެންގޮސްފައިވާ މުއާމަލާތަކަށް ވުމެވެ.
މި މަސައްކަތް ހަވާލުކުރި "ފިކްސްޑް މޯލްޑިވްސް" އަކީ 2022 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެކެވެ. ރަސްމީ ރެކޯޑުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަކީ ސޮފްޓްވެއާ ނުވަތަ އެޕްލިކޭޝަން ޑިވެލޮޕްމަންޓްގެ ދާއިރާއިން އެއްވެސް ތަޖުރިބާއެއް ނުވަތަ ހުއްދައެއް އޮތް ކުންފުންޏެއް ނޫނެވެ. އެ ކުންފުނީގެ ޕޯޓްފޯލިއޯއަށް ބަލާއިރު ފާހަގަކުރެވެނީ ހާޑްވެއާ، ކެމެރާ އަދި ނެޓްވޯކިން ފަދަ މަސައްކަތްތަކެވެ.
މި މަޝްރޫއުގެ ދަށުން ތައްޔާރުކުރާ އެޕްލިކޭޝަންގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހަށް ނިންމަންޖެހޭއިރު، އިއްޔެއާ ހަމައަށް ވެސް އެޕްލިކޭޝަންގެ މަސައްކަތް ނިމިފައެއް ނުވެ އެވެ. ނަމަވެސް، މަސައްކަތް ނުނިމެނީސް މަސައްކަތަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް މިހާރު ވެސް ދައްކާފައިވާ ކަން ވަނީ ހާމަވެފަ އެވެ.
މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ގެންނަނީ ޗައިނާގެ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ލުމިން އަދި S05 އާއި S07 މޮޑެލްގެ ކާރެވެ.
"ސުޕަ މާރިއޯ ގެލެކްސީ" މޫވީއާއެކު އާ ރަހައެއް!
ކެމްޕޭނަށް ދިޔުމުން ޑެޕިޔުޓީ މިނިސްޓަރުކަމުން ވަކިކޮށްފި
ބައި ގަރުނު ފަހުން އިންސާނުން ހަނދަށް!