މާލެ އާއި އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިތަކުގެ ތެރެއިން ވެރިކަންކުރާ ޕީއެންސީއަށް ލިބުނީ އެންމެ ގޮނޑިއެއްކަން ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާއިން އެނގިއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލްގައި މޭޔަރު ހިމެނޭހެން 17 ގޮނޑީގެ ތެރެއިން ޕީއެންސީއަށް ކާމިޔާބުކުރެވުނީ ހަމައެކަނި ވިލިމާލެ ދާއިރާގެ ގޮނޑި އެވެ.
މޭޔަރުކަމުގެ ގޮނޑި ހިމެނޭހެން އައްޑޫ ސިޓީ ކައުންސިލްގެ ޖުމްލަ 11 ގޮނޑީގެ ތެރެއިން ޕީއެންސީއަށް ކާމިޔާބުކުރެވުނީ ފޭދޫ މަގުއްދޫ ދާއިރާގެ ގޮނޑިއެވެ.
މޭޔަރު ހިމެނޭހެން ފުވައްމުލަކު ސިޓީ ކައުންސިލްގައި ހިމެނޭ 9 ގޮނޑީގެ ތެރެއިން އެންމެ ގޮނޑިއެއްވެސް ޕީއެންސީއަކަށް ކާމިޔާބެއްނުވެ އެވެ. ދަޑިމަގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޝީޒާ އިބްރާހީމެވެ. އެ ދާއިރާއަށް އެމްޑީޕީން ވާދަނުކުރެ އެވެ. ބާކީ ހުރިހާ ދާއިރާއެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
މޭޔަރު ހިމެނޭހެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ހިމެނޭ 7 ގޮނޑި ވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
ތިނަދޫ ސިޓީ ކައުންސިލްގައި ހިމެނޭ ހަތް ގޮނޑީގެ ތެރެއިން ދެ ގޮނޑިއެއް ޕީއެންސީން ކާމިޔާބުކުރި އެވެ. ހުޅަނގު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު ފަޒީލާ އަހްމަދު އެވެ. ތިނަދޫ ދެކުނު މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ޝަހާއުﷲ ޝަމީމެވެ.
ރައްޔިތުން ސަރުކާރަށް ބޮޑުތަނުން "ނޫނެކޭ" ބުނެފި
ސަމާލުވޭ! ރުޅިއަކީ ހިތުގެ ސިއްހަތަށް ވެސް ބޮޑު ނުރައްކަލެއް!
