އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ އާއި އެޗްޑީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު މަގާމުން ވަކިކޮށްފި އެވެ.
ހުސައިން ދީދީ މަގާމުން ވަކިކުރިކަން ޕީސީބީން ވަނީ ކަށަވަރުކޮށްދީފައެވެ. އެނގިފައިވާގޮތުގައި އަސްބާހު ޑީއެންޑީ ކަމުން ވަކިކުރީ މިއަދު ބޭއްވި އެޗްޑީސީގެ ބޯޑު ބައްދަލުވުމުގައެވެ.
ހުސައިން ދީދީ އަކީ ގދ. ތިނަދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަކިކޮށްފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއެއްވެފައި ވަނިކޮށެވެ.
އަސްބާހަކީ އާރްޑީސީގެ ޑީއެމްޑީކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ އެޗްޑީސީއަށް ބަދަލުކުރީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަލީ ޒުހައިރު ބަދަލުކުރުމަށްފަހު އެވެ.
ކައުންސިލް އިންތިހާބުގެ ބޮޑު ނާކާމިޔާބީއާއެކު ސަރުކާރުން އަންނަނީ ބައެއް މީހުން ވަޒީފާއިން ވަކިކުރަމުންނެވެ.
އީރާނާއެކު އެއްބަސްވުމަށް އަވަސްއަރުވާލުމެއް ނެތް: ޓްރަމްޕް
ހައްޖު ދުވަހުގެ ސަވާބާއި ދަރުމަ ހޯދަން ކުރެވިދާނެ 10 ކަމެއް!
މިފަހަރުގެ އީދަށް އެއްވެސް ރަށެއްގައި ބޮކިފަތި ދިއްލުމެއް ނެތް!
