އެމްޑީޕީގެ ތެރޭގައި ހުރި ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް މަސައްކަތްކުރަންވީ މި ސަރުކާރު ބަދަލުކުރަން ކަަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީގެ އުފާފާޅުކުރަން ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ މަސައްކަތަކަށް މިއަދު ވާންޖެހޭނީ އެކަތިގަނޑެއް ގޮތުގައި އެކުވެރިކަމާއެކު ފެށި މަސައްކަތް ގޮސް ނިންމާލަން ކަމަށެވެ. އެ މަސައްކަތަކީ މި ސަރުކާރު ބަދަލުކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަސައްކަތަކަށް ވާންޖެހޭނީ މިއަދު މުޅި ރާއްޖެ ރަންރީނދޫ ވެގެންދާއިރު އެކަތިގަނޑެއް ގޮތުގައި އެކުވެރިކަމާއެކީގައި މިހާރު މިފެށި މަސައްކަތް ގެންގޮސް ނިންމާލުން. އަޅުގަނޑުމެންގެ މަސައްކަތަކަށް ވާންޖެހޭނީ މިއަދު މިއޮތް ސަރުކާރު ބަލިކޮށްލުން. ބަދަލުކޮށްލުން. ރާއްޖެ ހަމަ މަގަށް އެޅުވުން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ މަސައްކަތްކުރުމަށް އެމްޑީޕީގެ ތެރޭގައި އޮތް ހިޔާލުތަފާތުވުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ހިޔާލުތަފާތުވުންތައް އެއްކިބާކޮށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ މި ސަރުކާރު ބަދަލުކޮށްލާ، ރާއްޖެއަށް ހެޔޮގޮތް ހޯދުމަށް. އެކަމަށް ގުޅިވަޑައިގަންނަވާ. އެކަމަށް އެކުވެރިވެވަޑައިގަންނަވާ. އެކަމަށް އެކުގައި ކުރިއަށް ވަޑައިގަންނަވާ،" ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީގެ ތިލަފަތް ރަމްޒުކޮށްދެނީ ހަމަހަމަކަމާއި އަދުލުއިންސާފާއި ލާމަރުކަޒީ ނިޒާމުން ދައުލުން ހިންގުން ކަމަށާއި އެކަން ހާސިލުކުރަން އެންމެން އެކީ ކުރިއަށްދާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ ފައުޖުގެ ޖާސޫސީ ވެރިޔާ ޝަހީދުކޮށްލައިފި
ދަޑިމަގު ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ނަތީޖާ އެއްވަރު
އުމުރުން ދުވަސްވުމުން މާބަނޑުވުމަކީ ނުރައްކާ ކަމެއްތަ؟
