ހޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ބްލޭކް ލައިވްލީ އޭނާއާއެކު "އިޓް އެންޑްސް ވިތު އަސް"ގައި މަސައްކަތްކުރި ޖަސްޓިން ބެލްޑޯނީއާ ދެކޮޅަށް ކުރި ދައުވާތައް ކޯޓުން ބޭރު ކޮށްލުމުން ބްލޭކް ރައްދު ދީފި އެވެ.
ބްލޭކް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޯޓުގެ ނިންމުމަށް ޝުކުރުވެރިވާ ކަމަށާއި ދެން އޭނާގެ މައްސަލަ ކުރިއަށް ގެންދާނީ މަތީ ކޯޓުގައި ކަމަށެވެ.
މީގެ އިތުރުން ވެސް ބްލޭކް ވަނީ ޖަސްޓިންއަށް އޭނާ ކުރާ ދައުވާތަކަށް ސޯޝަލް މީޑިއާގައި ހަޖޫ ޖަހައި ފުރައްސާރަކުރާ މީހުންނަށް ވެސް ވަރުގަދަ ރައްދެއް ދީފަ އެވެ.
އެގޮތުން އެ ދައުވާތަކަކީ "ސެލެބްރިޓީ ޑްރާމާ"އެއްގެ ގޮތުގައި ސިފަކުރާ މީހުންނަށް އޭނާ ބުނެފައިވަނީ އެ ތަޖުރިބާއިން އޭނާއަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއަކީ ހަގީގަތެއް ކަމަށެވެ.
ބްލޭކްއަށް އޭނާގެ ޝަރުއީ ހަނގުރާމައިގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނަސް ހިތްވަރު އެލުވާނުލާ އިންސާފު ހޯދަން މަސައްކަތް ކުރާނެ ކަމަށް ބްލޭކް ބުނެފައިވެ އެވެ.
މިދިޔަ މަހުގެ ކުރީކޮޅު ބްލޭކް ޖަސްޓިންއަށް އުފުލާފައިވާ ޖިންސީ ފުރައްސާރައާ ގުޅޭ 13 ދައުވާގެ ތެރެއިން 10 ދައުވާއެއް ވަނީ ކޯޓުން ބޭރު ކޮށްލާފަ އެވެ.
އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީކަމުން ޝާހިދު ވަކިކޮށްފި
ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލިކަން އިއުލާން ކޮށްފި