އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު، ދޮގު ވާހަތަކެއް ކަމަށް ބުނެ، އީރާނުން ވަރުގަދަ ރައްދެއް ދީފި އެވެ.
ޓްރަމްޕް އިއުލާނުކުރި ގޮތުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާތަކުގެ ބައެއްގެ ގޮތުން، އީރާނުން އަތުގައި ހުރި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެމެރިކާއާ ހަވާލުކުރުމަށް އެ ގައުމުން ވަނީ އެއްބަސްވެފަ އެވެ. މި ވާހަކަ އާއެކު ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ވެސް މިކަމަށް ވަނީ ހުއްޓިފަ އެވެ.
ނަމަވެސް، ޓްރަމްޕްގެ މި ވާހަކަތަކަށް އީރާނުން ވަނީ ވަރަށް ހަރުކަށި އިބާރާތުން އެ ވާހަކަތައް ކުށްވެރިކޮށް، އެ ކަމަށް ރައްދު ދީފަ އެވެ. އީރާނުގެ ރަސްމީ ފަރާތްތަކުން ބުނި ގޮތުގައި ޓްރަމްޕް އެ ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަތަކެކެވެ.
"އެއީ ޓްރަމްޕް ހެއްދެވި ވަރަށް ބޮޑު ދޮގެއް. އެމެރިކާއާއެކު ނުވަތަ ޓްރަމްޕާއެކު އެފަދަ އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވޭ،" އީރާނުން ނެރުނު ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އީރާނުން މަޝްވަރާ ކުރާނީ އެ ގައުމުގެ އަމިއްލަ އުސޫލުތަކާއި ޝަރުތުތަކުގެ މައްޗަށް ކަމަށާއި، އެއްވެސް ފަރާތެއްގެ ކުރިމަތީގައި އީރާނުން ކުޑަކަކޫ ނުޖަހާނެ ކަމަށް ވެސް އެ ގައުމުން ބުންޏެވެ.
މި ހާދިސާއިން ހާމަވެގެން ދަނީ، އީރާނު ބާރުގެ ދަށަށް ގެނައުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްތައް ނާކާމިޔާބު ވަމުންދާ މިންވަރު ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އެމެރިކާގެ ފިއްތުންތަކަށް ބޯ ނުލަނބައި، އީރާނުން ދަނީ އެ ގައުމުގެ ސިޔާދަތީ މިނިވަންކަން ދިފާއު ކުރަމުންނެވެ.
މިކަމާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުން އަދި އިތުރު އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އީރާނުގެ މި ރައްދަކީ ޓްރަމްޕަށް ލިބުނު ވަރުގަދަ ސިޔާސީ ހަމަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.
ގުޅިފަޅު ކައިރީއޮތް ދޯންޏެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ
އިންސާނާގެ މިޒާޖުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟
އީރާނުން އެމެރިކާގެ މަނަވަރުތަކަށް ރައްދު ހަމަލާތަކެއް ދީފި