ސަރުކާރުގެ ޓެކްސީ ލައިންގެ ރަސްމީ ވެބްސައިޓް ލޯންޗުކޮށް، އެ ހިދުމަތުގެ ދަތުރުތަކަށް ފައިސާ ނަގަން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ އެ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ޓެކްސީ ބުކް ކުރެވޭނެ ކަމަށެވެ.
ވެބްސައިޓުގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީގެ ޚިދުމަތަށް އެދެވޭނެއެވެ.
"މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ހެދުމުގެ މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިނގާފައިވާކަން ވަނީ ފަޅާއަރާފަ އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
ކުޑޫ ހުށަހެޅި މައްސަލާގައި އެދިފައި ވަނީ ބީލަމުގައި ބައިވެރިވުމަށް ދައުވަތު ދެވުނު ކުންފުނިތަކަކީ ކޮބައިކަމާއި، އެ ފަރާތްތައް ހޮވުމުގައި ބޭނުންކުރި މިންގަނޑުތަކަކީ ކޮބައިތޯ ސާފުކުރުމަށް އެދިވަޑައިގެންފައިވެ އެވެ. މީގެ އިތުރުން، އެމްޓީސީސީގެ އަމިއްލަ އައިޓީ ޑިޕާޓްމަންޓެއް އޮތްއިރު، މި މަސައްކަތުގައި އެ ޑިޕާޓްމަންޓްގެ އެއްވެސް ބައިވެރިވުމެއް އޮތްތޯވެސް ވަނީ ސުވާލު އުފައްދަވާފަ އެވެ.
މަސައްކަތް ހަވާލުކުރި ފަރާތުގެ ގާބިލިއްޔަތާ މެދު ސުވާލު އުފައްދަވަމުން، އެ ފަރާތަކީ މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާ ތަޖުރިބާހުރި ފަރާތެއްތޯ ބެލުމަށާއި، އެކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް މަޖިލީހާ ހިއްސާކުރުމަށް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ. އަދި މި އިންވެސްޓްމަންޓަކީ ކުންފުންޏަށް ފައިދާހުރި ކަމެއްތޯ ބަލައި ސީއީއޯއަށް ލަފާދޭންޖެހޭ އިންވެސްޓްމަންޓް ކޮމިޓީގެ ނިންމުންތަކާއި، ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ހިނގާފައިވޭތޯ ބެލުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.
މި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، ޓެންޑާ އިވެލުއޭޝަން މަރުހަލާގައި އުސޫލުން ބޭރުން އަމަލުކޮށްފައިވާ ކަމަށް ބުނާ ބުނުމެވެ. 13 މިލިއަން ރުފިޔާގެ މި ޓެކްނިކަލް ޓެންޑާ އިވެލުއޭޓް ކުރީ ކަނޑައެޅިފައިވާ ކޮމިޓީން ނޫން ކަމަށް ތުހުމަތުކޮށް، އެކަން ހިނގާފައިވާ ގޮތުގެ ތަފްސީލާއި ސަބް ކޮމިޓީގެ ލަފާ ހޯދިފައިވާނަމަ އެ ލިޔެކިޔުންތައް ހޯދުމަށްވެސް ވަނީ އެދިފަ އެވެ. ހަމައެހެންމެ، އިންކުއަރީ ފޮނުވި ފަރާތްތަކަކީ ކުންފުނީގެ ސަޕްލަޔަރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކެއްތޯ ކަށަވަރުކުރުމަށް، ދައުވަތު ފޮނުވި ތާރީޚާއި ދަފްތަރުގައި އެކުންފުނިތައް ހިމެނުނު ތާރީހު ހޯދުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.
ތާރީހީ ދަތުރަށްފަހު "އާޓެމިސް 2"ގެ ބައިވެރިންގެ ތަޖުރިބާ
ގުދުރަތީ މަންޒަރުތަކުން ލުއިތަކެއް ލިބޭ
ހޮރްމޫޒް ކަނޑުއޮޅި އުޅަނދުފަހަރަށް ހުޅުވާލަން އީރާނުން ނިންމައިފި
