ފުވައްމުލަކު ދަޑިމަގު ދާއިރާގެ ވޯޓު އެއްވަރު ވެގެން މިއަދު ބޭއްވި ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ބަލިކޮށް، އަމިއްލަގޮތުން ވާދަކުރި ޝީޒާ އިބްރާހީމް އިންތިހާބު ކާމިޔާބުކޮށްފި އެވެ.
ފުވައްމުލަކުގެ ރަންގޮނޑީގެ ގޮތުގައި ބަލާ ގޮނޑިއަށް ޕީއެންސީގެ ފަރާތުން ކެންޑިޑޭޓް އައިޝަތު އަބްދުލް ގާދިރަށް ލިބިފައި ވަނީ 562 ވޯޓެވެ. ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ވާދަކުރި ޝީޒާއަށް 594 ވޯޓު ލިބިވަޑައިގަތެވެ. އެހެންކަމުން 32 ވޯޓުގެ ތަފާތުން އިންތިހާބު ކާމިޔާބު ކުރީ ޝީޒާ އެވެ.
ދަޑިމަގުގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށިން އައިޝަތު އަބްދުލް ގާދިރަށް 142 ވޯޓު ލިބުނުއިރު، ޝީޒާއަށް 169 ވޯޓު ލިބިފައިވެ އެވެ. އެ އަވަށުގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮށިން އައިޝަތު އަބްދުލް ގާދިރަށް 228 ވޯޓު ލިބުނުއިރު، ޝީޒާއަށް ލިބުނީ 163 ވޯޓެވެ.
މާލޭގައި ބެހެއްޓި ވޯޓު ފޮށިން އައިޝަތު އަބްދުލް ގާދިރަށް 192 ވޯޓު ލިބުނުއިރު، ޝީޒާއަށް 262 ވޯޓު ލިބިފައިވެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގައި ބާކީ ހިމެނޭ ހަތް ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
އައިޝަތު އަބްދުލް ގާދިރަކީ މިހާރު ވެސް އެ ދާއިރާގެ ކައުންސިލަރެކެވެ. މިފަހަރު އެ ގޮނޑި އަންހެން ގޮނޑިއަކަށް ބަދަލުކުރީ ވެސް އޭނާ ނޫން އެހެން މީހަކަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ބަލައި އެވެ.
މިއީ ފަހުގެ ތާރީހެއްގައި ހިންގަމުންދާ ސަރުކާރެއްގެ މުހިންމު ގޮނޑިއެއް ގެއްލުނު ފުރަތަމަ ފަހަރެވެ.
ޖުވާ ކުޅެމުންދިޔަ 38 ބިދޭސީއަކު ހައްޔަރުކޮށްފި
ހޮރްމޫޒް ކަނޑުއޮޅި އުޅަނދުފަހަރަށް ހުޅުވާލަން އީރާނުން ނިންމައިފި