ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެ ކޯޓު ހިންގުމާ މިހާރު ހަވާލު ހުންނެވި އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރަން ޖޭއެސްސީން މިއަދު ނިންމައިފި އެވެ. ޖަމީލް، ހައިކޯޓުގެ އިސްފަނޑިޔާރަކަށް އައްޔަން ކުރަން ޖޭއެސްސީން ނިންމީ މިއަދު އެވެ. ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ޖަމީލާ އެކު ދެން ކުރިމަތިލެއްވީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އަދި މުހައްމަދު ޝަނީޒެވެ.
ޖަމީލް ވަނީ ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ވަނީ ލ. ދަނބިދޫ މެޖިސްޓްރޭޓު ކަމާއި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފަ އެވެ.
އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ، އޮގަސްޓް 3، 2025 ގައެވެ. ނޮވެންބަރު 19، 2025 ވަނަ ދުވަހުން ފެށިގެން ހައިކޯޓު ވަގުތީ ގޮތުން ހިންގެވުން ހަވާލުކުރައްވާފައިވަނީ ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާއާއެވެ.
ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށް ފަހު، ޖަމީލް ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމުންނެވެ.
ހިތަދޫ ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަނީ ސިނާއި ސައީދު