ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ގޭމިން ކޮމިއުނިޓީއަށް ހާއްސަ "ގޭމްއޮން" ޑޭޓާ އެޑްއޮންތަކެއް ތައާރަފުކޮށްފި އެވެ.

ރާއްޖޭގެ ގޭމިން ދާއިރާ ކުރިއަރުވައި، އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑީޖީޖީއިން ކުރާ މަސައްކަތުގެ ދަށުން ތައާރަފުކުރި މި އެޑްއޮންތަކަކީ، ގޭމް ކުޅުންތެރިންނަށް ބޭނުންވާ ހަލުވި އަދި ފެންވަރު ރަނގަޅު އިންޓަނެޓް ފޯރުކޮށްދިނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.

ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ގޭމް ކުޅޭ ފަރާތްތަކުގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި އެޑްއޮންތަކުގެ ދަށުން، ގޭމްއޮން ޕްލޭންތައް 100 ރުފިޔާއިން ފެށިގެން ލިބޭނެ އެވެ. މި ޕްލޭންތަކުގެ ތެރޭގައި 100ޖީބީ، 200ޖީބީ އަދި ގޭމްއޮން ލިމިޓްލެސް އެޑްއޮންތައް ހިމެނެ އެވެ. އަދި، މި އެޑްއޮންތައް 1 ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ބޭނުންކުރެވޭނެ އެވެ.

ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑީޖީޖީ ވެބްސައިޓް މެދިވެރިކޮށް ފަސޭހަކަމާއެކު މި އެޑްއޮންތައް އެކްޓިވޭޓްކުރެވޭނެ އެވެ. އެޑްއޮން އެކްޓިވޭޓް ކުރުމަށް، ޑީޖީޖީ ވެބްސައިޓްގެ 'ޕްރޮޑަކްޓްސް' އަށް ދިއުމަށްފަހު، ބޭނުންވާ އެޑްއޮންއެއް އިހުތިޔާރުކޮށް، ފޯނު ނަންބަރު ޖަހައިގެން ކުރިއަށް ދެވޭނެއެވެ. އަދި ފޯނަށް ލިބޭ ވަން-ޓައިމް ޕާސްވޯޑް ވެރިފިކޭޝަން ފުރިހަމަ ކުރުމަށްފަހު އެޑްއޮން ވަގުތުން އެކްޓިވޭޓްވާނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމުގެ ގޮތުގައި، ޑީޖީޖީއިން ދަނީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ގޭމް ކުޅޭ ފަރާތްތައް ބާރުވެރިކުރުވައި، މި ދާއިރާގެ މުސްތަގުބަލު ބިނާކުރުމުގައި އިސްދައުރެއް އަދާކުރަމުންނެވެ.