ކެބިނެޓުގައި ކުރިން ހިމެނިވަޑައިގެންނެވި ދެ ބޭފުޅަކު މެދުއިރުމަތީގެ ގައުމުތަކަށް ސަފީރުންގެ ގޮތުގައި އައްޔަންކުރެއްވުމަށްޓަކައި ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ގަތަރުގެ ސަފީރު ކަމަށް ކުރީގެ ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށެވެ. އަދި ޔޫއޭއީގެ ސަފީރު ކަމަށް ތޯރިގު އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ވެސް ހުށަހެޅުއްވި އެވެ.
އެ ދެ ބޭފުޅުން މިހާރު ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ.
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް ހަމަ އެ މަގާމަށް އައްޔަންކުރެއްވި އެވެ. ނަމަވެސް އޭނާ ސަފީރު ކަމަށް އައްޔަންކުރައްވަން އަދި ފޮނުވާފައެއްނުވެ އެވެ.
އެ ނަންފުޅުތައް ދިރާސާ ކުރުމަށް ފޮރިން ރިލޭޝަންސް ކޮމިޓީއަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފޮނުވައިފަ އެވެ.
ބާ ކައުންސިލުން ނޫސްވެރިންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދެނީ
