އިސްރާފު ބޮޑުވެ، ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް ހިނގާ ކަމަށް ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ތިން ރައީސުން މިރޭ ސޮއިކުރި އެއްބަސްވުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ސަރުކާރުގެ އިސްރާފު ބޮޑުވެ، ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް ހިނގާފައިވީނަމަވެސް އެކަންކަން އިސްލާހުކުރަން ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ.
ތިން ރައީސުން ވިދާޅުވީ ރައްޔިތުންގެ ފައިސާ އާއި މުދާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ކަމުގެ އިތުބާރު ގެއްލި، ރައްޔިތުންގެ ބާރު ކެނޑިފައިވާ ކަމަށެވެ.
އެތައް ޒަމާނެއްވަންދެން މަސައްކަތްކޮށްގެން ދިވެހީން ހޯދި ޑިމޮކްރަސީގެ ހަމަތައް ފޮހެވިގެން ގޮސްފައިވާތީ ގައުމު ހަމަމަގަށް އެޅުވުމަށް ތިން ބޭފުޅުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެއްބަސްވާ ކަމަށް ތިން ރައީސުން ވިދާޅުވި އެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އަރައިގަނެ ސަރުކާރުން ޝަރުއީ ކޯޓްތަކަށް ނުފޫޒުފޯރުވަމުން އަންނަ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ޝާހިލްގެ ޖަލު ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
މުޒާހަރާ އިން ހައްޔަރުކުރި ލޫކަސް އާއި އިތުރު ދެ މީހަކު ބަންދު
އެންޖެލީނާއާ ބައްދަލު ކުރަން އޭނާގެ ބައްޕަ އާދޭސް ކުރަނީ!
