އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ މަތީވެރިޔާ ތެހެރާނަށް ވަޑައިގެންފި އެވެ.
މެދުއިރުމަތީގެ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހަޅާފައިވާ އާ އިސްލާހުތަކާ މެދު އީރާނުން ދިރާސާކުރަމުންދާއިރު، ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ވަނީ މެދުވެރިއެއްގެ ދައުރު އަދާކުރުމަށްޓަކައި ހުކުރު ދުވަހު ތެހެރާނަށް ވަޑައިގެންފަ އެވެ.
ނަމަވެސް، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، މި ޒިޔާރަތަކީ ހަނގުރާމަ ހުއްޓުމަކަށް އައުމުގެ ނިންމުމެއް ނުވަތަ ކަނޑައެޅިގެން ވަކި ގޮތެއް ނިމުމުގެ ނިޝާނެއް ކަމުގައި އަދި ބެލެވެން ނެތް ކަމަށެވެ. އީރާނުގެ އިސްނާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނާއި އެމެރިކާއާ ދެމެދު ހުރި ހިޔާލުތަފާތުވުންތަކަކީ ވަރަށް ފުން އަދި ފުޅާ ދާއިރާއެއްގައި ހުރި ކަންތައްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު މި ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އޭޕްރީލް 8 ގައި އިއުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު ކުރިމަތިލުންތައް މަޑުޖެހިފައިވީ ނަމަވެސް، އިސްލާމްއާބާދުގައި ބޭއްވުނު ތާރީހީ މަޝްވަރާތަކާއެކު ކުރެވުނު މަސައްކަތުން ވެސް މިހާތަނަށް ދާއިމީ ހައްލަކަށް ނާދެވުނެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދާއިމީ ސުލްހައަކަށް އައުމަށް ކުރެވޭ މަޝްވަރާތައް މިހާރު އޮތީ އެއްބަސްވުމަކާ ހަމައަށް ދިއުމާއި އަލުން ހަމަލާތައް ފެށުމާ ދެމެދު އޮތް ނާޒުކު ފައްތަރެއްގަ އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖެނެރަލް މުނީރު ތެހެރާނަށް ވަޑައިގަތީ ސުލްހަ ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވީ އީރާނުގެ ދާހިލީ ވަޒީރު އެސްކަންދަރު މޯމެނީ އާއި ޕާކިސްތާނުގެ ދާހިލީ ވަޒީރު މުހުސިން ނަގްވީ އެވެ.
ނަގްވީ ވަނީ މި ހަފުތާގެ ތެރޭގައި ދެވަނަ ފަހަރަށް ބުދަ ދުވަހު އީރާނަށް ޒިޔާރަތްކުރައްވައި، ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި ހާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ ބައްދަލުކުރައްވާފަ އެވެ.
ބަގާއީ ވިދާޅުވި ގޮތުގައި، ގަތަރުގެ ވަފުދެއް ވެސް ވަނީ ހުކުރު ދުވަހު އީރާނުގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވާފަ އެވެ. "ފަހަކަށް އައިސް ސަރަހައްދީ އަދި ސަރަހައްދުން ބޭރުގެ ގިނަ ގައުމުތަކަކުން މި ހަނގުރާމަ ހުއްޓުވުމަށް އެހީތެރިވަމުންދޭ. އެހެންނަމަވެސް، ޕާކިސްތާނަކީ ރަސްމީ މެދުވެރިޔާ،" އޭނާ ވިދާޅުވި އެވެ.
އީރާނުގެ އަވަށްޓެރި ޕާކިސްތާނުން ވަނީ އޭޕްރީލް މަހު، ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އާއި އީރާނުގެ އޮފިޝަލުންގެ މެދުގައި ބޭއްވުނު ހަމައެކަނި ސީދާ މަޝްވަރާތަކަށް މެހެމާންދާރީ އަދާކޮށްފައެވެ. އެ މަޝްވަރާތަކުގައި ޖެނެރަލް މުނީރު މުހިންމު ދައުރެއް އަދާކުރެއްވިއިރު، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއާ އެކު ގާތް ގުޅުމެއް ބޭއްވެވިއެވެ.
ނަމަވެސް، އެމެރިކާއިން އަމަލީ ގޮތުން ނުކުރެވޭވަރުގެ ބޮޑެތި ޝަރުތުތަކެއް ކުރިމަތިކުރާ ކަމަށް ބުނެ، އެ މަޝްވަރާތައް ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެ ފަހުން ދެ ފަރާތުން ތަފާތު ހުށަހެޅުންތައް ބަދަލުކުރަމުންދާއިރު، އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރުވެރިކަން އަދިވެސް އޮތީ އިންތިހާއަށެވެ.
ރޭގެ މުޒާހަރާއިން ބަންދުކުރި ސިޔާސީ ހައްޔަރީން ދޫކޮށްލައިފި
އިންޑިއާގެ ސިޔާސީ މަސްރަހަށް މިފަހަރު ނުކުތީ "ކުރަފި"
"ގްރޭސް އެނެޓޮމީ"ގެ ސްޕިން އޮފް އެއް ނެރެނީ!