ހޮލީވުޑްގެ ފިލްމު "އިޓް އެންޑްސް ވިތު އަސް"ގެ ސެޓުން ފެށުނު ކަމަށް ބުނާ ހޮލީވުޑްގެ އެންމެ ބޮޑު އެއް ކޯޅުން އަދިވެސް ނިމުމަކަށް ނާންނަކަން ހާމަ ވެއްޖެ އެވެ.
ފިލްމުގެ ދެ ތަރިން ކަމަށްވާ ބްލޭކް ލައިވްލީއާއި ޖަސްޓިން ބަލްޑޯނީގެ މެދުގައި އުފެދިފައިވާ ގާނޫނީ ހަމަނުޖެހުންތައް ކޯޓުން ބޭރުގައި ހައްލުކޮށް މައްސަލަ ނިންމާލިކަން މީގެ ހަފުތާތަކެއް ކުރިން އިއުލާންކުރި ނަމަވެސ، މި ދެތަރިން ވަނީ އަލުން ނިއުޔޯކްގެ ކޯޓެއްގައި ގާނޫނާ ހަނގުރާމައެއް ފަށާފަ އެވެ.
ފިލްމީ ދާއިރާގެ ހަބަރުތައް ބުނާ ގޮތުން މިފަހަރުގެ ކޯޓު މައްސަލަ އުފެދިގެން އުޅެނީ ފިލްމުގެ ވިޔަފާރިން ލިބުނު ފައިދާ ބެހުމާއި، ކުރިން ދެ ފަރާތުން އެއްބަސްވި "ސެޓްލްމަންޓް" އެގްރީމަންޓްގެ ބައެއް މާއްދާތަކަށް އަމަލު ނުކުރުމުގެ ސަބަބުންނެވެ.
ކޯޅުމުގެ އަސްލަކީ ކޮބާ؟
ކޮލީން ހޫވާގެ މަޝްހޫރު ފޮތަށް ބިނާކޮށް އުފެއްދި "އިޓް އެންޑްސް ވިތު އަސް" ފިލްމުގައި ބްލޭކް ލައިވްލީ ބަތަލާގެ ރޯލު ކުޅުނުއިރު، ޖަސްޓިން ބަލްޑޯނީ ވަނީ ފިލްމުގެ ބަތަލުގެ ރޯލު ކުޅުމުގެ އިތުރުން ފިލްމު ޑައިރެކްޓް ވެސް ކޮށްފަ އެވެ.
ނަމަވެސް ފިލްމުގެ ޕްރޮމޯޝަން ދުވަސްވަރުން ފެށިގެން މި ދެތަރިންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ޖެހި، އެކީގައި އެއްވެސް އިންޓަވިއުއެއްގައި ބައިވެރިވެފައެއް ނުވެއެވެ.
ހަބަރުތައް ބުނާ ގޮތުން ފިލްމުގެ އެޑިޓިންގްއާ މެދު ދެމީހުންގެ މެދުގައި ބޮޑު ހިޔާލު ތަފާތުވުމެއް އުފެދުނެވެ. ބްލޭކް އޭނާގެ ފިރިމީހާ ރަޔަން ރޭނޮލްޑްސްއާއެކު ފިލްމުގެ އަމިއްލަ އެޑިޓެއް ތައްޔާރުކުރި ކަމަށް ވެސް އަޑުތައް އެރިއެވެ.
މީގެ ހަފުތާތަކެއް ކުރިން ދެ ފަރާތުގެ ގާނޫނީ ޓީމުން ބުނެފައިވަނީ ފިލްމުގެ ރޯޔަލްޓީއާއި ފައިސާގެ މައްސަލަތައް ކޯޓުން ބޭރުގައި ވާހަކަ ދައްކައިގެން ހައްލު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ނިއުޔޯކްގެ ކޯޓަކަށް މިހާރު ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެ އެއްބަސްވުމުގައިވާ ބައެއް މުހިންމު ކަންކަމަށް ދެފަރާތުން ވެސް އިތުބާރު ކުރާކަށް ބޭނުމެއް ނުވެ އެވެ.
"ކޯޓުން ބޭރުން މައްސަލަ ނިންމާލި ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރި ފަހުން ދެ ފަރާތުގެ މެދުގައި އޮތް ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އެއް ފަރާތުން އަނެއް ފަރާތަށް ކުރާ ތުހުމަތުތަކުގެ ސަބަބުން، މިހާރު މަޖުބޫރުވީ އަލުން ކޯޓުގެ މަރުހަލާއަށް ދާން،" މަސްދަރަކުން މައުލޫމާތު ދިނެވެ.
"އިޓް އެންޑްސް ވިތު އަސް" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށް ވުމާއެކު، އޭގެ ދެވަނަ ބައެއް ކަމަށްވާ "އިޓް ސްޓާޓްސް ވިތު އަސް" ހެދުމުގެ ޝައުގުވެރިކަން ޕްރޮޑަކްޝަން ހައުސްއިން ހުއްޓެވެ.
ނަމަވެސް ބްލޭކް އާއި ޖަސްޓިންގެ މި ދިގުލާފައިވާ ކޯޓު ހަނގުރާމައިގެ ސަބަބުން ފިލްމުގެ ދެވަނަ ބައެއް ފެނުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
ހަނގުރާމައާ ގުޅިގެން ޓްރަމްޕްގެ އިންޒާރު ނަތަންޔާހޫ އަށް
މިލަންދޫ އަލިފާނުގެ ހާދިސާ: 3 ޑިންގީ ވަނީ އަނދާފައި
ދިރާގަށް ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026ގެ ޓެލްކޯ އޮފް ދަ އިޔާ