"ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026" ގައި، "ޓެލްކޯ އޮފް ދަ އިޔާ – ސްމޯލް މާކެޓްސް" ގެ އެވޯޑު ދިރާގުން ކާމިޔާބުކޮށްފި އެވެ.
މި އެވޯޑާ ގުޅިގެން ދިރާގުން ބުނީ މިއީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ގޮތުގައި ދިރާގުން ދަމަހައްޓަމުން އަންނަ މަގާމު އިތުރަށް ކަށަވަރުވެ، އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ބައިނަލްއަގުވާމީ މައިދާނުގައި ހާމަވެގެންދިޔަ ކާމިޔާބީއެއް ކަމަށެވެ.
"މި އެވޯޑަކީ ޑިޖިޓަލް އީޖާދުތަކާއި، ނެޓްވޯކްގެ ފެންވަރު ރަނގަޅުކުރުމާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ ހަރުދަނާކުރުމުގެ އިތުރުން، ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބައްޓަންކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކާމިޔާބީއެއް. އޭޝިއާގެ ކުރިއަރަމުން އަންނަ އަދި ކުދި މާކެޓްތަކަށް ހިދުމަތް ދޭ މުވާސަލާތީ ގިނަ ކުންފުނިތަކާ ވާދަކޮށް ދިރާގަށް މި އެވޯޑު ހާސިލުކުރުމަކީ، ދިރާގުން މި ސިނާއަތުގައި ކުރަމުންދާ މުހިންމު މަސައްކަތްތައް ހާމަކޮށްދޭ ކަމެއް،" ދިރާގުން ބުންޏެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މި އެވޯޑްއިން ރަމްޒު ކޮށްދެނީ ދިރާގުން ރާއްޖޭގެ މުވާސަލާތީ ހިދުމަތް ފޯރުކޮށް ދިނުމުގައި ސާބިތުކަމާއިއެކު ހޯދަމުން ގެންދާ ކުރިއެރުންތަކާއި ކަސްޓަމަރުން އަޅުގަޑުމެންނަށް ކުރަށްވާ އިތުބާރު، އަދި ދިރާގު ޓީމުގެ މިންނަތް މަސައްކަތް ކަމަށެވެ.
"ވަކިން ހާއްސަކޮށް ވޭތުވެދިޔަ އަހަރު ދިރާގުން ރާއްޖޭގެ މުވާސަލާތީ ތާރީހުގައި މުހިންމު ލަނޑު ދަނޑިއެއް ހާސިލްކޮށް، މީހުން އުޅޭ ހުރިހާ ރަށެއްގައި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ ނިންމުމާއިއެކު މިއަދު މިވަނީ ރާއްޖޭގެ މީހުންއުޅޭ ހުރިހާ ރަށަކަށް މޯބައިލް އަދި ހައިސްޕީޑް ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ފައިބަ މެދުވެރިކޮށް ހުރިހާ ޑިޖިޓަލް ހިދުމަތްތަށް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށް ދެވިފައި. ވީމާ މި އެވޯޑް މިއަހަރު ލިބުމަކީ އަޅުގަޑުމެންގެ މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ތަރުހީބެއް، އަދި އަޅުގަޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" އިސްމާއިލް ވިދާޅުވި އެވެ.
ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއަކީ އޭޝިއާ ސަރަހައްދުގެ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ ކުންފުނިތަކަށް އީޖާދީ އައު ކަންކަމާއި، މާލީ ކުރިއެރުމާއި، ކަސްޓަމަރުންގެ ތަޖުރިބާ ފުރިހަމަކުރުމުގެ އިތުރުން ޑިޖިޓަލް ކުރިއެރުންތަކުގައި ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ.
ދިރާގުން ދަނީ ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުން ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއެކު "ޑިޖިޓަލް ރާއްޖެ" އެއް ބިނާކުރުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
އަދަދުގެ އެޑިޓަރު ހަސަންގެ ޝަރީއަތް ޖޫން 8 ގައި
ކީމޯތެރަޕީގެ ވޭނަށް ނިމުމެއް: ކެންސަރު ނައްތާލާ އިންޖެކްޝަންއެއް!
ލޯންޗާއި ދޯނި ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މައްސަލައެއް