އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް، ވެރިކަން ކުރާ ޕީއެންސީގެ ރެޖިސްޓްރާ އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެ ވެ.
ރައީސުލްޖުމްހޫރިއްޔާ މުއިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޝަކީލް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާއިރު، އޭނާއަކީ މިވަގުތު ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، ޝަކީލްއަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. މީގެ އިތުރުން، ވެރިކަން ކުރާ ޕާޓީގެ ރެޖިސްޓްރާގެ މަގާމަށް އޭނާ އައްޔަނުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެފައިވަނީ، އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު އޭނާ ފުރުއްވަމުން ގެންދެވި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މި އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އެވެ.
ޒާހިދު އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން މީޑިއާތަކުގައި އެކި ފަރާތްތަކުން ވަނީ ތަފާތު ވާހަކަތައް ދައްކާފައެވެ. ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބައެއް މަސްދަރުތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުގެ ފަރާތުން ކޮމިޝަނުގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވަމުންދާތީ އެކަމުގެ ޕްރެޝަރާ ހެދި އެވެ. ނަމަވެސް މި ތުހުމަތުތަކާ ގުޅިގެން ސަރުކާރުގެ ރަސްމީ އިދާރާއަކުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ކޮމިޝަނުގެ މިނިވަންކަމާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
އެމެރިކާއާއި އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ
އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރު
އޮސްޓްރޭލިއާ އިން ތުރުކީ ބަލިކޮށްފި
