މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ސެކްރެޓޭރިއަޓުގައި "ބޮޑު ބަދަލު" އޮފީސް ގާއިމުކޮށް، އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރު އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު އައްޔަނުކޮށްފި އެވެ.
ބޮޑު ބަދަލަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމުގެ ކުރިން އެމަނިކުފާނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުށަހަޅުއްވި ނިޒާމީ އިސްލާހުތަކެކެވެ.
މި ބަދަލުތަކާއެކު އޮފީހެއް ހުޅުވައި މަސައްކަތް ފެށި ނަމަވެސް، މިއީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެ އެވެ. ރައީސް ނަޝީދާއި ފައްޔާޒް ހުށަހަޅުއްވާ މި ނިޒާމަކީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެއް ވެސް ނޫނެވެ. މިއީ ސަރުކާރު ހިންގާ ވެރިޔާ ރައްޔިތުން ހޮވާއިރު، ދައުލަތުގެ ވެރިޔާ މަޖިލީހާއި ކައުންސިލަރުންގެ ވޯޓުން ހޮވާ ގޮތަށް ބާރުތައް ބަހާލާ މުޅިން އާ ގޮތްތަކެކެވެ.
ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިފަދަ ހައިބްރިޑް (މަސްހުނި) ނިޒާމެއްގެ ސަބަބުން ދައުލަތުގެ ދެ ވެރިންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުމުގެ ފުރުސަތު ބޮޑެވެ.
"މީގެ މައިގަނޑު ވާހަކައަކީ ސަރުކާރު ހިންގާ މީހާ ދައުލަތާ އަދި އެހާ ބޮޑަށް ނުބެހި ސަރުކާރުގެ ކަންތަކާ އުޅުން،" ނަޝީދު ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް ބާރުތައް މިގޮތަށް ބެހިގެންދާއިރު ދައުލަތް ހިންގުން ހުއްޓުމަކަށް ނައިސް ހިފެހެއްޓޭނެ ފޯމިއުލާއެއް އަދި ސާފެއް ނުވެ އެވެ.
މީގެ އިތުރުން ފަނޑިޔާރުންނާއި މިނިވަން ކޮމިޝަންތަކުގެ މެންބަރުން ވަކިކުރަން ރައްޔިތުންގެ ސީދާ ރުހުން (ރެފަރެންޑަމް) ހޯދަންޖެހޭ ގޮތަށް ހެދުމާއި، މަޖިލިސް މެންބަރުން ރިކޯލް ކުރެވޭ ގޮތް ހެދުމަކީ ދައުލަތުގެ ހިންގުމުގެ ޚަރަދު ބޮޑުވެ، ސިޔާސީ ދެބަސްވުންތައް ދާއިމީ ބަލިއެއްގެ ގޮތުގައި ގައުމުގައި ހަރުލާނެ ކަމެއް ކަމަށް ބައެއް މާހިރުން އަންދާޒާ ކުރެ އެވެ.
އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ސްވިޒަލޭންޑުގައި ފަށައިފި
ކިއާ ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަން ތައްޔާރުވަނީ
ފްލައިނާސް އިން ވީއައިއޭއަށް ދަތުރުތައް ފަށައިފި