ފުވައްމުލަކު އެއާޕޯޓުގެ ރަންވޭ ލައިޓް ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ އެއާޕޯޓުގެ ފްލައިޓް އޮޕަރޭޝަން ބުރުއަރާއި، މާލެ އާއި ފުވައްމުލަކާ ދެމެދު ދަތުރުތައް މިއަދު މެދުކެނޑިއްޖެ އެވެ.
މި މައްސަލަ ދިމާވިއިރު ފުވައްމުލަކަށް މޯލްޑިވިއަނުން ކޮންމެ ދުވަހަކު މަދުވެގެން ދެ ފްލައިޓް އޮޕަރޭޓްކުރެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ރަންވޭގެ ލައިޓް ސިސްޓަމަށް ދިމާވި މައްސަލައާ ގުޅިގެން ރޭ ފަތިހު 4:50 ގައި މާލެ ފުރަން ހަމަޖެހިފައި އޮތް ފްލައިޓް ފުރީ ވެސް އިރުއެރި ފަހުންނެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގާ އެ އެއާޕޯޓުގެ ރަންވޭގެ ލައިޓް ސިސްޓަމަށް ދިމާވި މައްސަލަ އަދިވެސް ހައްލު ނުވާތީ މާލެ އާއި ފުވައްމުލަކާ ދެމެދު މޯލްޑިވިއަންއިން މިއަދު ދަތުރުކުރަން ހަމަޖެހިފައިވާ ދެ ފްލައިޓް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
މިކަމާ ގުޅިގެން އެ އެއާޕޯޓުގެ މެނޭޖްމަންޓް ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ފުވައްމުލަކު އެއާޕޯޓުގެ ރަންވޭ ލައިޓް ސިސްޓަމަށް މައްސަލަ ދިމާވި ނަމަވެސް މޯލްޑިވިއަން ދެކުނުގެ ތިން އަތޮޅަށް ޓުވިން އޮޓާ ފްލައިޓް އޮޕަރޭޝަން ހުއްޓައެއް ނުލަ އެވެ.
އެ ރަށަކީ ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ޓޫރިސްޓުންނާއި އާއްމުން ދަތުރުކުރާ މަންޒިލެކެވެ. މި މައްސަލައާ ގުޅިގެން މިއަދު ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރުންގެ ފްލައިޓްތައް ކެންސަލްވި ވާހަކަ މޯލްޑިވިއަނުން ދަނީ ފަސިންޖަރުންނަށް ވެސް އަންގަމުންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 1 ގައި ވެސް އެ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ލޮރީ ހަލާކުވެގެން ތިން ދުވަސް ވަންދެން އެ އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓާލަން ޖެހުނެވެ.
75 ވަނަ މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލު ކުރާނީ ޔުއީން!
ކޮރެއާ ބަލިކޮށް ސައުތު އެފްރިކާ ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް
ބޮލީވުޑްއާއި ހޮލީވުޑްގެ ތަޖުރިބާ އަޅާ ނުކިޔޭނެ: ޕްރިޔަންކާ