ސަރުކާރުން ބުނާ ގޮތުގައި މި އިސްލާހުގެ ސަބަބުން ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ދަށަށް ދާނެ. އެކަމަކު ދުންފަތުގެ ޑިއުޓީ ބޮޑުކުރި ނަމަވެސް މިދިޔަ އަހަރާއި މިއަހަރު ވެސް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީއެއް ލިބިފައެއް ނުވޭ.

ގިނަ ބައެއްގެ ނުރުހުން އަމާޒުވުމުން، ސިނގިރޭޓުގެ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް މަޖިލީހުން އިއްޔެ ފާސްކުރި އިސްލާހު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކޮށްފި އެވެ.

ސަރުކާރުން ބުނާ ގޮތުގައި މި އިސްލާހުގެ ސަބަބުން ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ދަށަށް ދާނެ އެވެ. އެކަމަކު ދުންފަތުގެ ޑިއުޓީ ބޮޑުކުރި ނަމަވެސް މިދިޔަ އަހަރާއި މިއަހަރު ވެސް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީއެއް ލިބިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ގިނަ އަދަދަށް ވަގަށް ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް އެތެރެ ކުރަނިކޮށް އަތުލައިގެންފަ އެވެ. އަދި ޑިއުޓީ ބޮޑުކުރުމާއެކު ދުންފަތު ބާވަތްތަކުގެ ބްލެކް މާކެޓެއް އުފެދި ގިނަ އަދަދެއްގެ ބަޔަކު އެ ވިޔަފާރިކުރަމުން ގެންދެ އެވެ.

މި އިސްލާހުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް)އިން ނަގާ ޑިއުޓީއަކީ، ހަތަރު ރުފިޔާ ކަމަށް ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ، 30 ޕަސެންޓް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ރައީސް މުއިއްޒު މި ބިލު ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރުމާއެކު، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.

މި އިސްލާޙާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ ކަނޑާލުމަށް ވެސް ވަނީ ހިމަނާފަ އެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، އާންމު ކުރަން ޖެހޭނެ އެވެ.

ނޮވެންބަރު 2024 ގައި، ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެނެސް، ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ އިން 8ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ.

މި ފަހަރު ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން ނިންމީ ދުނިޔޭގެ ޑަބްލިއުއެޗުއޯގެ ލަފާގެ ދަށުން ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް މިކަމާ އެ ޖަމިއްޔާ އިން މިހާތަނަށް އެއްވެސް ބަހެއް ނުބުނެ އެވެ.