އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް އިން މިވަނީ 72 ވަނަ ނެޝަނަލް ފިލްމް އެވޯޑްސް (ގައުމީ ފިލްމީ އެވޯޑް) ލިބުނު ފަރާތްތައް އިއުލާން ކޮށްފަ އެވެ. މި

މިފަހަރުގެ އެވޯޑްތަކުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ފިލްމު "އާޓިކަލް 370"އާއި، އެކްޓަރު ކާތިކް އާރްޔަން، ޔާމީ ގޯތަމް އަދި މަލަޔާލަމް ސިނަމާގެ ލެޖެންޑް މައްމޫތީ އެވެ.

މި އަހަރުގެ އެވޯޑްތައް ހާއްސަ ކޮށްފައިވަނީ 2024 ވަނަ އަހަރު ސެންސަރު ބޯޑުން ފާސް ކޮށްފައިވާ ފިލްމު ތަކަށެވެ. 400 އަށްވުރެ ގިނަ ފިލްމު ހުށަހެޅި މިފަހަރުގެ އެވޯޑްސްގެ މައިގަނޑު ވަނަތައް ތިރީގައި މިވަނީ އެވެ.

މައިގަނޑު ވަނަތައް (ފީޗާ ފިލްމް ކެޓަގަރީ)

  • އެންމެ މޮޅު ފިލްމު: އާޓިކަލް 370
  • އެންމެ މޮޅު ބަތަލް: ކާތިކް އާރްޔަން (ޗަންދޫ ޗެމްޕިއަން) އަދި މައްމޫތީ (ބްރަމަޔުގަމް)
  • އެންމެ މޮޅު ބަތަލާ: ޔާމީ ގޯތަމް (އާޓިކަލް 370)
  • އެންމެ މޮޅު ޑައިރެކްޓަރު: ރާޖްކުމާރު ޕެރިޔާސާމީ (އަމަރަން)
  • އެންމެ މަޤްބޫލު ފިލްމު: ކަލްކީ 2898 އޭޑީ
  • އެންމެ މޮޅު ހިންދީ ފިލްމު: ސްރީކާންތު

މީގެ އިތުރުން ތަފާތު ސަރަޙައްދީ ބަސް ބަހުން ހަދާފައިވާ އެންމެ މޮޅު ފިލްމުތައްވެސް ވަނީ ހޮވާފަ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު ޓެލެގޫ ފިލްމަކަށް "ކޮމިޓީ ކުރޮައްލު" ހޮވުނުއިރު، އެންމެ މޮޅު ތަމަޅަ ފިލްމަކަށް ހޮވުނީ ދަނުޝްގެ "ރާޔަން" އެވެ.

މި ފަހަރުގެ އެވޯޑްސްގައި ބޮލީވުޑްގެ ޒުވާން ތަރި ކާތިކް އާރްޔަން އާއި ހުނަރުވެރި ބަތަލާ ޔާމީ ގޯތަމް ގަ އުމީ އެވޯޑް ހާސިލްކުރުން ވެގެންދިޔައީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަދި އެ ދެ ތަރިންގެ ކެރިއަރުގެވެސް ބޮޑު ކާމިޔާބީއަކަށެވެ.