ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓެއްގައި މިއަދު މެންދުރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ހިޔާގެ 8 ވަނަ ޓަވަރުގެ 19 ވަނަ ފަންގިފިލާގެ 6 ވަނަ އެޕާޓްމެންޓް (H8-19-06) ގައެވެ. އެމްއެންޑީއެފުން ބުނީ، އަލިފާނުގެ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 13:27 އެހާކަންހާއިރު ކަމަށެވެ.
ހާދިސާގެ މައުލޫމާތު ލިބުމާއެކު، ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެޕާޓްމެންޓުން މީހުން ހުސްކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި ސިފައިން ކުރި މަސައްކަތުން ވަނީ މާ ގިނައިރުތަކެއް ނުވެ އަލިފާން ނިއްވާލާފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އަލިފާނުގެ ސަބަބުން އެޕާޓްމެންޓުގެ ބަދިގެ ބަޔަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނިގޮތުގައި، އަލިފާން ރޯވުމުގެ ސަބަބުން މުޅި އެޕާޓްމެންޓަށް ވަނީ ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ. އެހެންކަމުން، އެތަން ސާފުކޮށް ނިމެންދެން މިވަގުތު އެތަނަކީ ދިރިއުޅެން އެކަށީގެންވާ ތަނަކަށް ނުވާތީ، އެ ގޭގައި ދިރިއުޅޭ ފަސް ދިވެހިންނަށް ތިން ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެ އޮތޯރިޓީން މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އާއްމު އާދަތަކުން ހަށިގަނޑުގެ "ބައޮލޮޖިކަލް ގަޑި" ހަލާކުވަނީ!
ވޯލްޑް ކަޕްގައި އެންމެ ދިގު ހާފް ޓައިމް ބްރޭކް ދޭނީ މިރޭ
ކާމިލު ދީދީ ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ ޕީއެންސީން ނަގައިފި
މިކަން ވެއްޖެ މިހާރު ބޮޑު މައްސަލައަކަށް. ފަރުވާކުޑަ އިހުމާލުވުމުގެ އިންތިހާ މިފެންނަނީ، މިހަކަހަލަ ކޮންމެ ޙާދިޘާއަކާގުޅިގެން ޢާންމުންގެ ސަމާލުކަމަށް ދެމުންދާ އިރުޝާދަށް ބީރުކަންފަތެއްދީ ފަރުވާކުޑަކޮށް ކަންތައްކުރުމުގެ ނަތީޖާ މިފެންނަނީ، ޙައްދެއް އޮންނަންވާނެ، މިފަދަ ކިތައް ޙާދިޘާ މި މަސްތެރޭގައި ހިނގައިދިޔައީ. އަދިވެސް މިކަންތަކާ ވިސްނައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާކަށްނުވޭތަ! ތިހާ ފަރުވާ ކުޑަވަންޏާ އުޅެންވާނީ މީހުންނާ ދުރުގައި އަޅާފައި ހުންނަ ދަރުބަދިގޭގައި.
ރިޕްލައި