މާލޭ ސޯސަން މަގުގައި މި މަހުގެ 20 ވަނަ ދުވަހުގެރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ އިމިގްރޭޝަންގެ އޮފިސަރެއް ކަމަށްވާ ށ. ފޯކައިދޫ، މަގުމަތީގެ، އައިޝަތު މާހިދާ އެވެ.
އުމުރުން 26، އަހަރުގެ އެ ޒުވާނާ ނިޔާވީ އެ އެކްސިޑެންޓްގެ ސަބަބުން އޭނާގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކުގެ ސަަބަބުންނެވެ.
މާހިދާގެ ކަށުނަމާދު އޮންނާނީ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.
ދެން އެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވީ މާހިދާ ފަހަތުގައި އިން ސައިކަލް ދުއްވި 22 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ޒިގްޒެގްކޮށް ސައިކަލް ދުއްވި 21 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.
ހޮރްމުޒް ކަނޑުއޮޅީގެ ހަމަލާތައް ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ
މައިންބަފައިންގެ ހާސްކަމުން ދަރިންނަށް ނޭދެވޭ އަސަރުތަކެއް!
ޔޫއޭއީގެ ޝާހީ އާއިލާ މެންބަރަކު މަސްތުވެ ލަންޑަނުގެ މަގުމަތީގައި
