ށ. މާއުނގޫދޫ ފިހާރައަކުން ބަރުދަން ލުއި ކުރާ މީހުންނަށް ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ރަށު "ބިގް ސޭވް" ފިހާރައިގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައިވާގޮތުން ހިކޭ ކޮންމެ ކިލޯއަކަށް ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

https://www.facebook.com/bigsaves/photos/a.123732162507415/201407001406597/

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފޯމު ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.

އެ ފިހާރައިން އެ ޑިސްކައުންޓް ދޭނީ ނޮވެމްބަރު މަހުގެ ފުރަތަމަ ބިލުންނެވެ.

މީގެ އިތުރުން އެންމެ ގިނަ ކިލޯ ލުއި ކޮށްލާ ފަރާތަކަށް ހާއްސަ ގިފްޓް ޕެކެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ބިގް ސޭވް އަކީ މީގެ ދެ މަހެއްހާ ދުވަސްކުރިން އެ ރަށުގައި ހުޅުވި ފިހާރައެކެވެ. ގިނަ ސާމާނު ލިބެން ހުންނަ އެ ފިހާރައަކީ މިހާރު އެރަށުގެ ގިނަ ބައެއްގެ މެދުގައި މަގުބޫލް ފިހާރައެކެވެ.

އެ ފިހާރައިން އަލަށް ފެށި ޕްރޮމޯޝަނާ ގުޅޭ ގޮތުން ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ އެއީ ވަރަށް ތަފާތު ޕްރޮމޯޝަނެއް ކަމަށެވެ.