އެމެޒޯން ޕްރައިމް ވީޑިއޯގެ ކާމިޔާބު އަދި ޒުވާނުންގެ މެދުގައި މަގުބޫލު ލޯބީގެ ޑްރާމާ ސީރީޒް "އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަންގެ އިޝާރާތެއް ލިބިއްޖެ އެވެ.

އެލް ކެނެނީގެ މަޝްހޫރު ފޮތް ސީރީޒްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ޝޯގެ ފުރަތަމަ ސީޒަނަށް ލިބުނު ބޮޑު ތަރުހީބާއެކު، ޕްރައިމް ވީޑިއޯއިން ވަނީ މި ޝޯގެ ދެވަނަ ސީޒަނެއް ގެނެސްދޭނެކަން އިއުލާން ކޮށްފަ އެވެ.

މި ސީޒަންގެ ޝޫޓިންގްގެ ކަންކަން ކުރިއަށްދާގޮތަށް ބަލާއިރު، އެމެޒޯން ޕްރައިމް ވީޑިއޯއިން އަދި ރަސްމީކޮށް ސީޒަން 2 ޕްރީމިއާ ކުރާނެ ތާރީހެއް އިއުލާނު ނުކުރި ނަމަވެސް، ފިލްމީ ހަބަރުތައް ބުނާ ގޮތުން 2027 ފަހުކޮޅު ނުވަތަ އެ އަހަރުގެ އެޕްރީލް-މެއި ހިސާބުގައި މި ސީޒަން ޕްރީމިއާ ކުރާނެ ކަމަށް ލަފާކުރެވެ އެވެ.

މި ސީޒަނުން ފުރަތަމަ ސީޒަންގެ މައިގަނޑު ބައެއް ތަރިން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ބެލްމަންޓް ކެމެލީ (ގެރެޓް) އަދި އެލާ ބްރައިޓް (ހެނާ) ހިމެނެ އެވެ. މީގެ އިތުރުން، ޖޭލަން ތޮމަސް ބްރޫކްސް، ޖޫލިއާ ސާރާ ސްޓޯން އަދި މީކާ އަބްދުﷲ ފަދަ ތަރިން ވެސް މި ސީޒަނުން ފެންނާނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް، ފުރަތަމަ ސީޒަނުން ފެނުނު ޖޯޝް ހިއުސްޓަން (ޖަސްޓިން) މި ސީޒަނުން ނުފެންނާނެ ކަމަށް ޝޯގެ ޕްރޮޑިއުސަރުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އާ ތަރިންގެ ގޮތުގައި އިންޑިއާ ފައުލާ، އެންޓޯނިއޯ ސިޕްރިއާނޯ އަދި ފިލިޕާ ސޫ ފަދަ ފަރާތްތައް ވަނީ މި ކާސްޓާ ގުޅިފަ އެވެ.

ޝޯގެ އުފެއްދުންތެރިން ބުނާ ގޮތުން، މި ސީޒަންގެ ވާހަކަ މާ ބޮޑަށްވެސް ޖަޒުބާތީ ވާނެ އެވެ. އަދި ފޮތް ކިޔާ ފަރާތްތަކަށް ވަރަށް އުފާވެރި ހައިރާން ކުރަނިވި ކަންތައްތަކެއް މި ސީޒަނުން ފެނިގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޝޯގެ ސްކްޕްޓް މަސައްކަތްތައް ފުރިހަމަކޮށް، މިހާރު ތައްޔާރީތައް ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފަ އެވެ.