"ހިތް ހަލާކު ވެގެން" މަރުވާ ވަރު ވުމަކީ ލޯބީގެ ވާހަކަތަކުންނާއި ފިލްމުތަކުން އަހަރުމެންނަށް ވަރަށް އާއްމުކޮށް އިވޭ ވާހަކަ އެކެވެ.

އާންމުކޮށް ލޯބީގައި ނާކާމިޔާބު ވުމުން ނުވަތަ ގާތް މީހަކު ވަކިވެ ދިއުމުން އެ ވާހަކަ ދައްކާއިރު "ހިތް ހަލާކުވުން" ނުވަތަ "ހިތް ފުނޑުފުނޑުވުން" މިފަދަ ބަސްތައް ބޭނުން ކުރެ އެވެ.

ނަމަވެސް، ސައިންސާއި ޑޮކްޓަރުން ބުނާގޮ ތުގައި މިއީ ހަމައެކަނި ފިލްމީ އިހުސާސެއް ނޫނެވެ. ހަގީގަތުގައިވެސް މީހެއްގެ ހިތް ހަލާކުވެގެން ނުވަތަ ބޮޑު ހިތާމައެއްގެ ސަބަބުން ފުރާނައަށް ނުރައްކާވެ، މީހުން މަރުވުމުގެ ފުރުސަތު އޮވެ އެވެ.

މިކަމާ ގުޅޭގޮތުން ހިތުގެ ހާއްސަ ސާޖަނުން ހާމަ ކޮށްފައިވާ މުހިންމު މައުލޫމާތުތަކަށް ބަލާއިރު، މިކަމަށް ޑޮކްޓަރީ ދުނިޔޭގައި ކިޔަނީ "ބްރޯކަން ހާޓް ސިންޑްރޯމް" އެވެ.

މި ކުއްލި ހާލަތު މެދުވެރިވާ ސަބަބު

އިންސާނަކަށް ލިބޭ ކުއްލި ބޮޑު ހިތާމައެއްގެ ސަބަބުން (މިސާލަކަށް: ލޯބިވާ މީހަކު މަރުވުން، ބޮޑު މާޔޫސްކަމެއް ލިބުން، ނުވަތަ ވަރަށް ބޮޑަށް ބިރުގަތުން) ހަށިގަނޑުން ސްޓްރެސް ހޯމޯންތައް (ހާއްސަކޮށް އެޑްރެނަލިން) އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ބޭރުކު ރެއެވެ. މިކަމުގެ ސަބަބުން ހިތުގެ މައިގަނޑު މަސްގަނޑު ކުއްލިއަކަށް ބަލިކަށިވެ، ހިތަށް ލޭ ފޮނުވައިދިނުމުގެ ބާރު ދަށްވެ ފުރާނައަށް ނުރައްކާވެ އެވެ.

ހާޓް އެޓޭކާ ހުރި އެއްގޮތް ކަމާއި ތަފާތު:

އެއަގޮތްކަން: ބްރޯކަން ހާޓް ސިންޑްރޯމް ޖެހުމުން ފެންނަ އަލާމާތްތައް ހަމަ ހާޓް އެޓޭކެއް ޖެހުމުން ފެންނަ އަލާމާތްތަކާ އެއްގޮތެވެ. އޭގެ ތެރޭގައި މޭގައި ރިއްސުމާއި، ނޭވާލާން އުނދަގޫވުން އަދި ކުއްލިއަކަށް މެއަށް ބަރުވުން ހިމެނެ އެވެ.

ތަފާތު: ހާޓް އެޓޭކެއް ޖެހެނީ ލޭހޮޅިއެއް ބެދިގެން ކަމަށްވިޔަސް ބްރޯކަން ހާޓް ސިންޑްރޯމްގައި އެއްވެސް ލޭހޮޅިއެއް ނުބެދެ އެވެ. ނަމަވެސް ހިތުގެ ބައްޓަމަށް ކުއްލި ބަދަލެއް އައިސް، ހިތުގެ މަސައްކަތް ހުއްޓުމަކަށް ދާގޮތްވެ އެވެ.

ފުރާނައަށް އޮންނަ ނުރައްކާ

ޑޮކްޓަރުން ބަޔާންކުރާ ގޮތުގައި ގިނަ ފަހަރަށް މި ހާލަތުން މީހުން އަރައިގަނެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ހިތުގެ ހިނގުން ކުއްލިއަކަށް ކޮންޓްރޯލްން ނެއްޓި ނުވަތަ ހިތް ހުއްޓިގެން މީހުން މަރުވުމަށް މެދުވެރިވެ އެވެ.

އެހެންކަމުން، ނަފުސާނީ ބޮޑެތި އަސަރުތަކާއި ސްޓްރެސްއަކީ ހަމައެކަނި ނަފުސާނީ ކަމެއް ނޫން ކަމަށާއި، އެއީ ޖިސްމާނީ ސިއްހަތަށް، ހާއްސަކޮށް ހިތަށް ސީދާ ނުރައްކާވެދާނެ ކަމެއް ކަމަށް ޑޮކްޓަރުން އިންޒާރުދެ އެވެ.