މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ހުޅުމާލޭގައި އެ އޮތޯރިޓީގެ އާ އޮފީސް އިމާރާތް ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން އަޅައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
އެމްއެމްއޭއިން ނިންމާފައި ވަނީ ހުޅުމާލޭގެ 8،064 އަކަމީޓަރުގެ ސަރަހައްދެއްގައި މި އިމާރާތް ތަރައްގީކުރުމަށެވެ. މި އިމާރާތުގައި އިދާރީ މަސައްކަތްތަކަށް ބޭނުންވާ ޖާގައިގެ އިތުރުން ފައިސާ ގެންގުޅުމާއި ބެލެހެއްޓުމަށް ހާއްސަ ރައްކާތެރި ސަރަހައްދުތަކާއި، ޓްރެއިނިން އަދި ކޮންފަރެންސް ހޯލުގެ އިތުރުން މާލީ އިދާރާތަކަށް ހާއްސަ އޮފީސް ޔުނިޓްތަކެއް ހިމެނޭނެ އެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމީ ދައުލަތުގެ ހަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބޭންކުތަކުން ފައިސާ އުފުލައި ބެލެހެއްޓުމުގައި ބޭނުންވާ ސެކިއުރިޓީ އިންތިޒާމުތައް އެކަށީގެންވާ ގޮތެއްގައި ހަމަޖެއްސުމަށް ބޮޑު ޖާގައެއް ބޭނުންވާތީ އެވެ.
މި ޕްރޮޖެކްޓުގެ 85 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ ފައިނޭންސް ކޮންޓްރެކްޓަރު ހަމަޖައްސަންޖެހޭއިރު، ބާކީ ފައިސާ ހަމަޖައްސައިދޭނީ އެމްއެމްއޭއިންނެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ މަހުގެ ހަ ވަނަ ދުވަހެވެ.
20 އަހަރުވެފައިވާ އުޅަނދުތައް އަގެއް ދިނުމަށްފަހު ދައުލަތަށް!
ވަކި ގައުމެއް އިސްކުރާ ކަމަށް ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި
ޔޫކޭގެ އެއާ ޓްރެފިކް ކޮންޓްރޯލު ފެއިލްވެ ފްލައިޓްތައް ޑިލޭވެއްޖެ