އެލްޖީއޭ އިން ގޮނޑި ގެއްލުވާލި ކަމަށް ކަނޑައެޅި ވ. ތިނަދޫ ކައުންސިލު ރައީސް ޝުޖާއު އަލީއަށް، އެ ކައުންސިލްގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ވ. ތިނަދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.
ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަންގެ އިތުރުން އެރަށު އަންހެނުންގެ ކޮމިޓީގެ މެންބަރު އަދި ސ. ހުޅުދޫ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަން ވެސް އެ ދުވަހު އޮވެ އެވެ.
ޝުޖާއުގެ ގޮނޑި ގެއްލިއްޖެކަމަށް އެލްޖީއޭ އިން ނިންމީ ދަ ޑިމޮކްރެސް ޕާޓީ އުވާލުމުން އޭނާ އެމްޑީޕީއަށް ސޮއިކޮށްފައިވާތީ އެވެ.
ވ. ތިނަދޫ އަންހެނުންގެ ކޮމިޓީގެ މެންބަރުކަމުގެ ޓިކެޓު ކަށަވަރުވީ ވ. ތިނަދޫ، ހަތާ، ރިސްފާ ނަސީމަށެވެ.
ސ. ހުޅުދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު ކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް ދެ މީހަކު ވަނީ ކުރިމަތިލައިފަ އެވެ. އެ މަގާމަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު ހޮވުމަށް ބާއްވާ ޕްރައިމަރީ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.
ހުޅުދޫ އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓު ހޮވުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަނީ އެރަށު އަންބަރީގެ ފާތިމަތު މުނީރު އާއި ލައިނޫފަރުގެ ފާތިމަތު އިމްރަތު ޝަރީފް އެވެ.
މަގު ހެދުމަށް ޝުނާމީ ބިނާއިން ސޯޝަލް ސެންޓަރާ ހަމައަށް ބަންދު
އެމެރިކާއިން ހަމަލާދީފިނަމަ ބޮޑެތި ގެއްލުންތަކެއް ދޭނަން: އީރާން
ރާއްޖޭގެ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތް ބާއްވާ ތާރީހަކީ މިއީ!
