ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ނަބީހު އަބްދުއްރަޝީދު، 23 އެވެ.
އޭނާ ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
އޭނާ މާފުށީގައި ދިރިއުޅެމުންދިޔަ ގެ ބަލައި ފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 8 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. މާލެ ތެރެއަށް ގިނަ އަދަދަކަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ތަނެއްވެސް މީގެ ދުވަސްކޮޅެއް ކުރިން ފުލުހުން ވަނީ ރެއިޑްކޮށް ބަޔަކު ހައްޔަރުކޮށްފަ އެވެ.
އިޒްރޭލުގެ އާ ސަރުކާރު އެކުލަވާލުމުގެ މެންޑޭޓް އައިޒެންކޮޓްއަށް
އީރާނުގެ ނިއުކްލިއާ ހަބަރު ދޭނަމަ 20 މިލިއަން ޑޮލަރުގެ އިނާމެއް
9 ފަރާތަކަށް ރިވެލި އެވޯޑު ދީފި
