ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ވޭޕް ނުވަތަ އީ-ސިނގިރޭޓުގެ ބޭނުންކުރާ މީގެ ކުރިން އެއްވެސް ވަރަކަށް ސިނގިރޭޓު ނުބޯ މީހުން ވެސް މިހާރު އިތުރުވަމުންދާ ކަމަށް ހާމަވެއްޖެ އެވެ.
މި ރިޕޯޓަށް މައުލޫމާތު ދެމުން، މީގެ ކުރިން ސިނގިރޭޓު ނުބޯ ނަމަވެސް ވޭޕް ބޭނުންކުރަން ފަށާފައިވާ ފަރާތަކުން ބުނެފައިވާ ގޮތުގައި، އިޖުތިމާޢީ ގޮތުން ނުތަނަވަސްކަން ވެރިވާ ވަގުތުތަކުގައި ވޭޕް ކުރުމުން އެކަމަށް ލުޔެއް ލިބޭކަމަށް ހީވެ އެވެ.
ވޭޕް އަތުގައި ގެންގުޅުމާއި އަނގަޔަށް ލުމުގެ އާދައަކީ އޭނާއަށް އެކަމުގެ ސަބަބުން ނަފްސާނީ ހަމަޖެހުމެއް ގެނެސްދޭ ކަމެއްގެ ގޮތުގައި ބައެއް މާހުން ސިފަކުރެ އެވެ.
ސިނގިރޭޓެކޭ އެއްފަދައިން ވޭޕްގައިވެސް ނިކޮޓިން އެކުލެވިގެންވެ އެވެ. މިއީ އެކަމަކަށް "އެޑިކްޓް"ވާން މެދުވެރި ކުރުވާ މާއްދާ އެކެވެ. މި މާއްދާ ހަށިގަނޑުން މަދުވުމުން ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން ފަދަ އަލާމާތްތައް ފެނެ އެވެ.
ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި ގިނަ މީހުން ވޭޕް ބޭނުން ކުރަނީ އިރުއިރުކޮޅާ ވިސްނުމަކާ ނުލައި ކުރެވޭ އާދައެއްގެ ގޮތަށެވެ. ނަފްސާނީ ގޮތުން އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރުމަށްޓަކައި ވޭޕްއަށް ބަރޯސާވުން އިތުރު ވަމުންދާ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ހާއްސަކޮށް ޒުވާނުންގެ މެދުގައި މިއީ ވަރަށް ބޮޑަށް އާންމުވަމުންދާ ކަމެއްކަން ދިރާސާތަކުން ދައްކަ އެވެ. ވޭޕް ކުރުމުން ލިބޭ ޑޮޕަމިންގެ ސަބަބުން، މިއީ ބޮޑެތި މީހުން ބޭނުންކުރާ 'ޕެސިފަޔަރެއް' ކަހަލަ އެއްޗަކަށް ބަދަލުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ވޭޕްގެ އަސްލު ބޭނުމަކީ ސިނގިރޭޓު ބުއިން ހުއްޓުވުމަށް އެހީވުން ކަމުގައިވީ ނަމަވެސް، މިއަދު މިއީ ސިނގިރޭޓު ނުބޯ މީހުންވެސް ޝާމިލުވާ ބޮޑު ނުރައްކަލަކަށް ވެފައިވާ ކަމަށް މާހިރުން ބުނެ އެވެ.
30ގެ އަހަރުތަކުގައި މާބަނޑުވުން: އާއްމު ސުވާލުތަކާއި ޖަވާބު!
ޕީއެންސީ މެންބަރުންނަށް ފައިސާ ދިނުމަކީ ކޮރަޕްޝަނެއް ނޫން: އޭސީސީ
ފައިސާ ނުދައްކާނަމަ ބޭންކިން ހިދުމަތް މެދުކަނޑާލަނީ