މާލޭ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެ، ވައި ބާރުވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ޔެލޯ އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 07:30 އިން 11:30 އާ ހަމައަށް، ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، ވެރިރަށް މާލެއަށް މިއަދު ފަތިހުން ފެށިގެން ދަނީ ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހެމުންނެވެ.
މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެފައިވާއިރު، އިއްޔެ ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ބޯކޮށް ވާރޭ ވެހިފަ އެވެ. އެގޮތުން ވިއްސާރައިގެ ސަބަބުން އިއްޔެ އައްޑޫ ސިޓީގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.
އެހެންކަމުން، މޫސުން ގޯސް މި ދަނޑިވަޅުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"ޖީން އެޑިޓިން"އިން ކޮލެސްޓްރޯލް މަތިވުމަށް ދާއިމީ ފަރުވާއެއް!
މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
ބްރިޖުގެ ތަނބުގައި ޖެހުނު ދެ ތެޔޮ ބޯޓު ދިޔަވެ އަޑިއަށް ހިނގައްޖެ