މިސްކިތްތައް އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ކުންފުންޏެއް އުފައްދަވައިފި އެވެ.
ކުންފުނީގެ ގާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، އެމަނިކުފާނު އުފެއްދެވީ "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް" އެވެ.
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގްފުތައް ބިނާކުރުމާއި، އެފަދަ ވަގްފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަކީ މިހާރު ކައުންސިލްތަކުން ކުރަމުން އަންނަ ކަމެކެވެ.
ކީ ސްޓޭޖް އެކެއްގެ ފޮތްތަކަށް އަންނަ އަހަރު ބޮޑު ބަދަލެއް
ރާއްޖެއިން ގޮވާލައިފި ނަމަ، ޑރ. ނަސްރީނާ އިޖާބަދޭން ތައްޔާރު!
އީކޮމާސް ޕްލެޓްފޯމްތަކަށް ބީއެމްއެލް އިން މަހަކު 16 މިލިއަން!
