ދުނިޔޭގެ މަޝްހޫރު ކޭ-ޕޮޕް ބޭންޑް "ބްލެކްޕިންކް"ގެ މެންބަރު އަދި ކޭޕޮޕް ތަރި ލީސާގެ އާ ޑޮކިއުމެންޓްރީ "އޯލްވޭސް ލަލީސާ"ގެ ޕްރިމިއާ ކުރުމާއެކު ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި އެ ޑޮކިއުމެންޓްރީއަށް އާއްމުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
ފެސްޓިވަލްގައި ފިލްމު ސްކްރީން ކުުރުމަށްފަހު ރެޑް ކާޕެޓުން ލީސާ ފެނިފައިވާއިރު، އެ ސަރަހައްދަށް އެއްވެ ތބި އެތައް ސަތޭކަ ސަޕޯޓަރުންގެ ހަޅޭކާއި އުފާ ފާޅުކުރުމުގެ އަޑުތަކުން މުޅި މާހައުލު ގުގުމައިގެންދިޔަ އެވެ.
މި ޑޮކިއުމެންޓްރީއަކީ "ބްލެކްޕިންކް"ގެ ހަރަކާތްތަކުން ކުޑަ ބްރޭކެއް ނަގައި، ސޯލޯ އާޓިސްޓެއްގެ ގޮތުގައި ލީސާ ހޭދަކުރި ފާއިތުވި އެއް އަހަރު ދުވަހުގެ ދަތުރު، ވަރަށް ގާތުން ދައްކުވައިދޭ ފިލްމެކެވެ.
ސޫ ކިމް ޑައިރެކްޓް ކޮށްފައިވާ މި ޑޮކިއުމެންޓްރީގައި، 2024 އާއި 2025އާ ދެމެދު ލީސާގެ ކެރިއަރުގައި ހޯދާފައިވާ ކުރިއެރުންތަކާއި ކުރިމަތިވި ގޮންޖެހުންތައް ގެނެސްދީފައިވެ އެވެ.
މީގެ ތެރޭގައި އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް "އޯލްޓާ އެގޯ" ނެރުމާއި، އެޗްބީއޯގެ މަޝްހޫރު ސީރީޒް "ދަ ވައިޓް ލޮޓަސް" އިން އެކްޓިންއަށް ތައާރަފުވުމުގެ އިތުރުން، ކޮޗެލާ މިއުޒިކް ފެސްޓިވަލަށް ކުރި ތައްޔާރީތައް ހިމެނެ އެވެ.
ޕްރިމިއާއަށްފަހު ވާހަކަ ދައްކަމުން ލީސާ ބުނީ، އޭނާ އަބަދުވެސް މަސައްކަތްކުރަނީ އާ ކަންކަން ހޯދައި، އަމިއްލަ ނަފްސަށް ގޮންޖެހުންތައް ކުރިމަތިކުރުވަން ކަމަށެވެ.
އެއާއެކު ކޭޕޮޕް އިންޑަސްޓްރީގެ އާންމު އޮނިގަނޑުން ބޭރުން، ލީސާގެ ހަގީގީ އަމިއްލަ ޝަޚުޞިއްޔަތު މި ޑޮކިއުމެންޓްރީން ފެނިގެންދާނެ ކަމަށް ޑައިރެކްޓަރު ސޫ ކިމް ފާހަގަ ކޮށްފައިވެ އެވެ.
"އޯލްވޭސް ލަލީސާ" އޮކްޓޯބަރު 12 ގައި ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާއިރު،އޭގެ ފަހުން ޔޫޓިއުބް ޕްރީމިއަމް މެދުވެރިކޮށް ވެސް މި ޑޮކިއުމެންޓްރީ ބަލައިލެވޭނެ އެވެ.
ފަނޑު އަލީގައި ނިދުން: ހިތުގެ ސިއްހަތަށް ގެއްލުންހުރި ކަމެއް!
ވިއްސާރާގައި އައްޑޫ އާއި ފުވައްމުލަކުގައި ފެންބޮޑުވެ ގެއްލުން
ކަރީނާގެ "ޑާއެރާ"އަށް ސެންސަރު ބޯޑުން "އޭ" ކެޓަގަރީގެ ރޭޓިންއެއް!