ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސިޑްނީ ސުވީނީ އެންމެ ފަހުން ކުޅުނު ކުޅިވަރު އިސްތިހާރާ ގުޅިގެން ބައެއް އަންހެން އެތުލީޓުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަށް އެންމެ ފަހުން ރައްދު ދީފި އެވެ.
އެ އިސްތިހާރު ދިފާއުކޮށް ސިޑްނީ ދެއްކި ވާހަކަތަކާއެކު އިންޓަނެޓުގެ ސަމާލު ކަމަށް މިކަން އައިސް ކުރިއަށްވުރެ ވެސް ބޮޑަށް އޭނާއަށް ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.
މި އިސްތިހާރާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ އަންހެނުންގެ ހަށިގަނޑު މާ ބޮޑަށް ދައްކުވައިދޭ އަދި ކުޅިވަރުގެ އަސްލު މަގުސަދާ ހިލާފު އިސްތިހާރެއް ކަމަށެވެ.
ނަމަވެސް ސިޑްނީ ސުވީ ވަނީ މި ފާޑުކިޔުންތަކަށް ރައްދުދެމުން، އޭނާގެ މި ހުށަހެޅުމަކީ އޭނާ އަމިއްލައަށް ފަހުރުވެރިވާ އަދި އޭނާގެ މިނިވަންކަމުގެ ތެރެއިން ކުރި ކަމެއް ކަމަށް ބުނެފައެވެ.
އިންޓަނެޓް ބޭނުންކުރާ ބައެއް ފަރާތްތަކުން ދަނީ ސިޑްނީއަށް އަމާޒު ވަމުންދާ ފާޑުކިޔުންތަކަކީ "ބޭކާރު އަދި މޮޔަ" ކަންކަން ކަމަށް ސިފަކޮށް، އޭނާއަށް ތާއީދު ވެސް ކުރަމުންނެވެ.
އެ މީހުން ބުނާ ގޮތުގައި ފަންނާނުންނަށް އެމީހުން ކުރާ މަސައްކަަތްތަކުގައި ފުރިހަމަ މިނިވަންކަން ލިބެން ޖެހޭނެ އެވެ.
ކަރަންޓު ކެނޑުމާ ގުޅިގެން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި
ނާސްތާ ކުރުމުގެ އާދަތަކުން ނަފްސާނީ ސިއްހަތު އަންގައިދޭ ގޮތް!
ހޫތީންނާއި ސައުދީއާ ދެމެދު މެދުވެރިއަކަށް އީރާން