މެގްނާ ގުލްޒާރު ޑައިރެކްޓްކޮށް، ކަރީނާ ކަޕޫރު ޚާން އާއި ޕްރިތުވީރާޖް ސުކުމާރަން މުހިންމު ރޯލުތަކުން ފެންނަ "ޑާއެރާ" އަކީ ހަމައެކަނި ކުށެއްގެ ތަހުގީގެއްގެ ވާހަކައެއް ނޫނެވެ.

މިއީ ގާނޫނީ ނިޒާމާއި، އިންސާފު ހޯދައިދިނުމުގައި ހުރި ގޮންޖެހުންތަކާއި، މުޖުތަމައުގެ ދެކޭ ގޮތާމެދު ސުވާލު އުފައްދާ ވަރަށް ފުން ފިލްމެކެވެ. ބޮލީވުޑްލައިފްއިން މި ފިލްމަށް ދީފައިވަނީ 4 ތަރީގެ ރޭޓިން އެކެވެ.

ވާހަކައިގެ ހުލާސާ

ފިލްމުގައި ފެނިގެންދަނީ އުނދަގޫ ތަހުގީގެއްގެ ތެރެއަށް ވަދެގެންދާ ސީނިއާ ދެ ފުލުހުންގެ މެދުގައި އުފެދޭ ހިޔާލު ތަފާތުވުން ތަކެވެ. ކަރީނާ ކުޅެނީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރަން ބޭނުންވާ ޑީސީޕީ އަޖޫނީ ކޯލީގެ ރޯލެވެ. އަނެއްކޮޅުން ޕްރިތުވީރާޖް އަދާ ކުރަނީ ކުށްވެރިންނަށް ވަގުތުން އަދަބު ދިނުމަށް ގަބޫލުކުރާ ޑީސީޕީ ރާމަން ކުމާރުގެ ރޯލެވެ.

ތަރިންގެ އެކްޓިން

މި ފިލްމުގެ އެންމެ ބޮޑު ބާރަކީ ކަރީނާ އާއި ޕްރިތުވީރާޖްގެ އެކްޓިން އެވެ. ކަރީނާގެ އެކްޓިން ފެނިގެންދަނީ ވަރަށް މަޑުމައިތިރި، ނަމަވެސް ބާރުގަދަ ގޮތަކަށެވެ. އަޑުގަދަ ނުކޮށްވެސް މަންޒަރެއްގެ ކޮންޓްރޯލް ނަގާނެ ގޮތް އޭނާ ދައްކުވައިދެ އެވެ.

އަނެއްކޮޅުން ޕްރިތުވީރާޖްގެ ރޯލަކީ މާ ޖަޒުބާތީ އަދި ސީދާ ރޯލެކެވެ. އޭނާގެ ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމަކީ ފިލްމުގެ ނުވަތަނަވަސްކަން އިތުރު ކޮށްދޭ މުހިންމު ބައެކެވެ. ނަމަވެސް އެކްޓިން މާ ބޮޑަށް "އޯވާ" ނުކޮށް ހިފަހައްޓާލުމުގައި އޭނާ ކާމިޔާބު ހޯދާފައިވެ އެވެ.

ޑައިރެކްޝަނާއި ސްކްރީންޕްލޭ

މެގްނާ ގުލްޒާރު، ސީމާ އަގަރްވާލް އަދި ޔަޝް ކޭސްވާނީގެ ސްކްރީންޕްލޭ އިންތިޒާމު ކޮށްފައިވަނީ ހަމައެކަނި ކުށްވެރިޔާ ހޯދުމުގެ މައްޗަކަށް ނޫނެވެ. އިންސާފު ގާއިމު ކުރުމުގެ ނިޒާމާއި، މުއައްސަސާތަކުގެ ޒިންމާއާ މެދު ސުވާލު އުފައްދަ އެވެ.

ފިލްމުގެ ބައެއް މަންޒަރުތައް ކުޑަކޮށް ލަސްވި ނަމަވެސް، އެކްޓަރުންގެ މޮޅު ހުނަރާއި ވާހަކައިގެ ވަރުގަދަ ކަމުން ފިލްމު އަލުން ބެލުންތެރިން ގަޔާވާ ހިސާބަށް ގެންގޮސްދެ އެވެ.

"ޑާއެރާ"އަކީ ފަސޭހައިން ނިންމާލެވޭ ފިލްމަކަށް ނުވި ނަމަވެސް، ސީރިއަސް ކްރައިމް ތުރިލާ ބަލާ ހިތްވާ ފަރާތްތަކަށް ވަރަށް ކަމުދާނެ އުފެއްދުމެކެވެ.