އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ބޮޑުވެ އާންމުންގެ ގިނަ ޝަކުވާތަކެއް ލިބުމާ ގުޅިގެން އިމިގްރޭޝަންގެ ޓާސްކްފޯހުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މިއަދު ހެނދުނު 6:00 އިން ހަވީރު 4:00 އަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ތޮއްޑޫގައި އުޅޭ ޖުމްލަ 507 ބިދޭސީން ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ސައްހަ ވިސާއެއް ނެތި އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 107 މީހުންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން އިމިގްރޭޝަނުން ދަނީ ބިދޭސީން ދިރިއުޅޭ ތަންތަން ރެއިޑްކުރުން އިތުރުކުރަމުންނެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް ގަވާއިދާ ހިލާފަށް އުޅުނު 8,600 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓްކޮށްފަ އެވެ.
މީގެ އިތުރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މޫނާއި އިނގިލީގެ ނިޝާން ހިމެނޭހެން ތަފްސީލީ މައުލޫމާތު އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތެރެއިން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ.
ވިލިމާލޭގެ ދުވަސްވީ ނިކަގަސް ކެނޑި މައްސަލަ ނުބަލަން: ފުލުހުން
250 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގެ ބުއިންތައް މަނާ!
ބޮޑެތި ބައެއް މީޑިއާތައް ވައިޓް ހައުސްއަށް ވަނުން މަނާކޮށްފި