ފޮރިން އިންވެސްޓްމަންޓް އައު ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އައު އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށްޓަކައި، ގުޅަން ކުރި މަސައްކަތުން ނުގުޅުނު ބޭރުގެ އަށް ކުންފުންޏެއްގެ މައުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އާންމުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ގޮތުން ސެޕްޓެމްބަރު 3، 2024 ގައި ތަސްދީގުކުރެވުނު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ދިވެހިންނަށް ހާއްސަކޮށް، ބޭރުގެ ފަރާތްތަކަށް ވިޔަފާރިކުރުން މަނާކޮށްފައިވާ ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ވަކިވާންޖެހެ އެވެ.
މީގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ކާގޯ ސޭލްސް އޭޖެންޓް (ސީއެސްއޭ)، ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) އަދި ޕެސެންޖަރު ސޭލްސް އޭޖެންޓް (ޕީއެސްއޭ) ގެ ހިދުމަތްތައް ހިމެނެ އެވެ. މި ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން އަންނަ މަހުގެ އަށެއްގެ ނިޔަލަށް އެ ވިޔަފާރިތައް ހުއްޓާލަންޖެހޭނެ އެވެ.
މި އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީގެ ރެކޯޑުތަކުގައިވާ މައުލޫމާތަށް ބިނާކޮށް އީމެއިލާއި ފޯނުން ގުޅަން ކުރި މަސައްކަތުން ނުގުޅުނު ކުންފުނިތަކަކީ:
- މެގަ ސްޕީޑްލައިނާސް މޯލްޑިވްސް
- އެސްލި މޯލްޑިވްސް
- އައިސޯލާ ކްރިއޭޝަން މޯލްޑިވްސް
- ދީނަމް މޯލްޑިވްސް
- ލެމިންޓަންސް ޖުވެލްސް މޯލްޑިވްސް
- އެމްޔޫކޭ އެޕަރަލްސް މޯލްޑިވްސް
- ލަކްގެމްސް މޯލްޑިވްސް
- އޯޝަން ވެލް ގާމެންޓްސް
އިކޮނޮމިކް މިނިސްޓްރީން ވަނީ މި ކުންފުނިތަކުގެ ޑައިރެކްޓަރުން ނުވަތަ ހުއްދަ ދެވިފައިވާ މަންދޫބުން ވީ އެންމެ އަވަހަކަށް މިނިސްޓްރީގެ "އިންވެސްޓް މޯލްޑިވްސް" ގެ ފޮރިން އިންވެސްޓްމަންޓް ޔުނިޓާ ގުޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އިންތިގާލީ މަރުހަލާގެ ޝަރުތުތައް ކަށަވަރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އައު އުސޫލުތަކަށް އަމަލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ވެސް އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފަ އެވެ.
މަންމައަކަށް ވުމުން ރީތިކަމާ މެދު ދެކޭގޮތް ބަދަލުވެއްޖެ: ކެޓްރީނާ
އެކަނި ހުއްޓާ ހާޓް އެޓޭކެއް ޖެހޭހެން ހީވާނަމަ ހަދަންވީ ކިހިނެއް؟
ޕެންޝަން އޮފީހުގެ ސީއޯއޯ ޝިއުނާ ސަސްޕެންޑުކޮށްފި