ސިނަމާލެ ބުރިޖުމަތީގައި ދެ ސައިކަލު ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނުދުއްވިގެން ބުރިޖުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން 30 އަހަރުގެ މީހާއަށެވެ.
ފުލުހުން ބުނީ ބުރިޖުމަތީގައި އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓުކޮށްފައިވަނީ ރޭ 2:21 ހާއިރު ކަމަށެވެ. އަދި އަނިޔާވި މީހާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ކަށަވަރުކޮށްދީފައިވާއިރު، މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހޮރްމުޒް ކަނޑުއޮޅީގެ ހަމަލާތައް ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ
ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސް
އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށް، ހިންގުން ސައުދީއަށް
