އެގްރޯނެޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ސިނާން އައްޔަންކޮށްފި އެވެ.
މިފްކޯއިން ބުނީ އެކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އެގްރޯނެޓްގެ ޗެއާމަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެމްޑީގެ މަގާމަށް ސިނާން އައްޔަންކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ބުނީ އެގްރޯ ނެޓްގެ ހިންގުމަށް މި ގެނެވުނު ބަދަލާއެކު އެ ކުންފުންޏަށް އާ ފެށުމަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް އެގްރޯނެޓް ބަދަލުކުރީ މިދިޔަ އަހަރު އެވެ.
އެގްރޯނެޓަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަން ތަރައްގީކޮށް ފުޅާކުރުމަށް 2020 ވަނަ އަހަރު އުފެއްދި ސަރުކާރުގެ ކުންފުންޏެކެވެ.
އެ ކުންފުނީގެ މައިގަނޑު މަޤްސަދަކީ، ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމައަގު ހޯދައިދިނުމާއި ބާޒާރަށް ނެރެދިނުމެވެ.
އުމުރާއެކު ފިރިހެނުންގެ ދިރިއުޅުމަށް ވެސް ބަދަލު ގެންނަން ޖެހޭ!
މުސާރަ ބޮޑުކުރަން ނިންމުމުން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
