ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހިގެން ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި ދެން ހިމެނޭ ސައިކަލު ދުއްވީ ލައިސެންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން ރޭ 10:15 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އެކަމަކު ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ލައިސަންސް ނެތި ސައިކަލު ދުއްވީ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ރޭޕްގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށް
ތިނަދޫ ކައުންސިލަށް ފައިސާ ނުދައްކާ މައްސަލަތައް ކޯޓަށް
ޕީއެންސީއާ އެކު ކޯލިޝަން ހަދަން އަދާލާތު ޕާޓީން ނިންމައިފި
