ހުޅުމާލޭ ނިރޮޅުމަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓަކީ ވަގަށް ނެގި ސައިކަލަކަށް ތިން މީހުން އަރައިގެން ޓްރެފިކް ގަވާއިދުތަކާ ހިލާފަށް ދުއްވަނިކޮށް ހިނގި ހާދިސާއެއްކަން ފުލުހުން ހާމަކޮށްފި އެވެ.
ރޭ ދަންވަރު 3:00 ހާއިރު ހިނގި މި އެކްސިޑެންޓުގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލު ދުއްވަން އިން މީހާ އަކީ ލައިސަންސް ވެސް އޮތް މީހެއް ނޫނެވެ. އަދި އެ ސައިކަލު ދުއްވާފައިވަނީ ވަންވޭއާ އިދިކޮޅަށް ކަމަށާއި އެ މީހާގެ މައްޗަށް ޓްރެފިކް ގަވާއިދާ ހިލާފުވެގެން މީގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދު ލައްކައެއްހާ ރުފިޔާއަށް އަރާކަން އެނގިފައިވެ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މީހުންނަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. ނަމަވެސް އިތުރު ފަރުވާ ދިނުމަށްޓަކައި ފަހުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އަންނަނީ އިތުރު މައްސަލަތައް ތަހުގީގުކުރަމުންނެވެ. ވަގަށް ނެގި ސައިކަލު ދުއްވި މީހާއަކީ މީގެ ކުރިންވެސް ވައްކަމާއި ސްކޭމްގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ރެކޯޑް އޮތް މީހެއްކަން ފާހަގަކުރެވެ އެވެ.
އަދާލަތުން ބާއްވަން އުޅުނު ބައްދަލުވުމުގެ ކޯރަމް ހަމައެއްނުވި!
އީގަލް ހިލްސްގެ ހަރަދުގައި ދިވެހި ނޫސްވެރިން ޔޫއޭއީއަށް
ރޭޕް މައްސަލަ މުވައްޒަފަކަށް ސާބިތުވާނަމަ ފިޔަވަޅު އަޅާނެ: ވެމްކޯ

ތިންމީހުން އެރުމަކީ މަނާކަމެއް ކޮބާ ބޯގޯސްޓުރާންޕޯޓު މިނިސްޓަރު ސައިކަލްތައް އެތެރެކުރާއިރު ކުރުކުރަން އަވަހައްފާސްކުރޭ ޖޫރިމަނާލާރި ގަނޑެއް މިގައުމްގަ ތިޔަހެއްއުޅެނީ މަދުބައެއް އެއީ ސިޔާސީކަންކަމުގަ ބަރއްބާރާއެކީ އުޅެސިޔާސީ މީހުން ގެންގުޅެ ބައެއް ތިމީހުންނައް ކޮންމެއަވަށަކުން ރެޔަކު 15000 ލިބޭގޮތައް މިނިދަނޑު ހަދާދީ އެގޮތައްނޫޅެ ނިކަމެތިމީހާއަތުން ގަޑިއކައް 700ސަޅިދޯ