ކުޑަކުދިންގެ މެދުގައި އައިނު އަޅަންޖެހޭ މިންވަރު އިތުރުވަމުން ދިއުމަކީ މިހާރަކަށް އައިސް ވަރަށް އާންމުކޮށް ފެންނަމުންދާ ކަމެކެވެ.
މިއާއެކު، ގިނަ ވަގުތު ސްކްރީންތަކަށް ބެލުމާއި ކުޑަކުދިންގެ ލޮލުގެ ސިއްހަތާ ހުރި ގުޅުމާ ބެހޭ ގޮތުން ލޮލުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އަނޫޕް ގުޕްތާ ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރައްވާފަ އެވެ.
ޑރ. ގުޕްތާ ވިދާޅުވި ގޮތުގައި، ސްކްރީން ބޭނުން ކުރުމުން އެކަނި ލޮލަށް ދާއިމީ ބޮޑު ގެއްލުމެއް ލިބެނީއެއް ނޫނެވެ. ނަމަވެސް، މައްސަލައަކީ ސްކްރީން ބޭނުންކުރާ ގޮތާއި އޭގެ އާދަތަކެވެ.
އެގޮތުން، އެއްވެސް މެދުކެނޑުމެއްނެތި ގިނައިރު ވަންދެން ކައިރިން އެއްޗެއްސަށް ބެލުމާއި، ސްކްރީން މާ ކައިރީގައި ބެހެއްޓުމާއި، އަދި އެކަށީގެންވާ ވަރަށް ލޮލަށް އަރާމު ނުދިނުމަކީ ކުދިންގެ ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުކުރާ ކަންކަމެވެ.
ކުދިންގެ ލޮލުގެ ސިއްހަތަށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- އައުޓްޑޯ ނުވަތަ ބޭރުގައި ވަގުތު ހޭދަކުރުން: ދުވާލަކު މަދުވެގެން ދެ ގަޑިއިރު ބޭރުގައި، ގުދުރަތީ އަލީގައި ކުޅެ ހެދުމަށް ވަގުތު ދިނުމަކީ ކުދިންގެ ލޮލުގެ ކުރުފެނުން (މައިއޯޕިއާ) ނުވަތަ ނަންބަރު ބޮޑުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.
- ބްރޭކް ނެގުން: ގިނައިރު ސްކްރީނަށް ބަލަން ތިބޭއިރު ގަވާއިދުން ބްރޭކްތައް ނަގައި، ދުރު ބަލާލުމަށް ކުދިންނަށް ބާރުއެޅުން.
ސަމާލުވާންޖެހޭ އަލާމާތްތައް:
ބެލެނިވެރިން ކުދިންގެ ކިބައިން ފާހަގަކުރެވިދާނެ އަދި ޑޮކްޓަރަށް ދައްކަންޖެހޭ ސީރިއަސް އަލާމާތްތަކުގެ ތެރޭގައި:
- ލޯ ކުޑަކޮށްގެން އެއްޗެއްސަށް ބެލުން.
- ޓީވީ ނުވަތަ ފޯނު މާ ކައިރިން ބެލުން.
- ފޮތްތައް މޫނާ މާ ކައިރިކޮށްގެން ކިޔުން.
- ތަކުރާރުކޮށް ބޮލުގައި ރިއްސާ ކަމަށް ބުނުން.
- ކްލާސްރޫމްގެ ބޯޑު ނުފެނިގެން އުޅުން.
ޑޮކްޓަރުން އިރުޝާދު ދެއްވަނީ މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދައްކައި، ގަވާއިދުން ލޮލުގެ ޗެކްއަޕް ހެދުމަށެވެ.
"އެވެޓާ" ފަހަތަށް ޖައްސާލައި "އެވެންޖާސް: އެންޑްގޭމް" ކުރިއަށް!
ދިވެހި ދަރިވަރު މަރުވި އެކްސިޑެންޓްގެ ޑްރައިވަރަށް ދައުވާކޮށްފި